ads
ބީއެމްޑަބްލިއުގެ އެންމެ އަގުބޮޑު އީވީ ކާރު "މޯލްޑިވްސް ބްލޫ" ތީމްގައި
ބީއެމްޑަބްލިއުގެ އެންމެ އަގުބޮޑު އީވީ ކާރު "މޯލްޑިވްސް ބްލޫ" ތީމްގައި
ދުނިޔޭގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ބީއެމްޑަބްލިއު އިން އެ ކުންފުނީގެ އެންމެ މަތީ ފެންވަރުގެ ފްލެގްޝިޕް އިލެކްޓްރިކް ލަގްޒަރީ ސެޑާން ކަމަށްވާ "އައި7 އެކްސްޑްރައިވް60" ރަސްމީކޮށް ދައްކާލައިފި އެވެ.
Advertisement

މިއީ އެ ކުންފުނީގެ އީވީ އުފެއްދުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކާރެވެ. މި ކާރު ހާއްސަވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުން މިސާލު ނަގައިގެން ތައްޔާރުކޮށްފައިވާ ހާއްސަ ކުލައެއްގައި ނެރެފައިވާތީ އެވެ.

މި ކާރުގައި ބޭނުންކޮށްފައިވަނީ "މޯލްޑިވްސް ބްލޫ" ގެ ނަމުން ނަންދީފައިވާ ފިރޯޒް ކުލައެކެވެ. މި ހާއްސަ ކުލައަކީ ބީއެމްޑަބްލިއުގެ "ބީއެމްޑަބްލިއު އިންޑިވިޖުއަލް" ކަސްޓަމައިޒޭޝަން ޕްރޮގްރާމްގެ ދަށުން ހާއްސަކޮށް ފަރުމާކޮށްގެން އުފައްދާފައިވާ ކަސްޓަމް ކުލައެކެވެ. މި ކުލަ އުފެއްދުމުގައި މިސާލަކަށް ބަލާފައިވަނީ ދިވެހިރާއްޖޭގެ ސާފު، ރީތި ފިރޯޒް ކުލައިގެ ކަނޑުގެ މޫދާއި، ދޮންވެލި ގޮނޑުދޮށްތަކާއި ތުނޑިތަކުގެ ގުދުރަތީ ރީތިކަމެވެ.

މި ފްލެގްޝިޕް އިލެކްޓްރިކް ލަގްޒަރީ ސެޑާންގެ ސަބަބުން ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ދުނިޔޭގެ މަޝްހޫރު އޮޓޯމޮބައިލް ބްރޭންޑެއްގެ އެންމެ މަތީ ފެންވަރުގެ ކާރުން ވަނީ ދައްކުވައިދީފައެވެ. ބީއެމްޑަބްލިއުގެ އައި7 އެކްސްޑްރައިވް60 އަށް ދީފައިވާ ހާއްސަ "މޯލްޑިވްސް ބްލޫ" ކުލައިގެ ސަބަބުން، މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މި ކާރަށް އިތުރަށް ހުއްޓިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް