މިއީ ވަޒީފާގެ މާހައުލުގައި ދިމާވާ ވަރުބަލިކަމާއި، ވަޒީފާ ނުވަތަ ކެރިއަރު ބަދަލުކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިގެންދިޔަ ކަމެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ޑޮކްޓަރު ކުރިން މަސައްކަތް ކުރަމުންދިޔައީ އިންތިހާއަށް ޕްރެޝަރު ބޮޑު މާހައުލެއްގަ އެވެ. އެގޮތުން ހަފްތާއަކު 80 ގަޑިއިރު ހޮސްޕިޓަލުގައި މަސައްކަތް ކުރަންޖެހުމުގެ ސަބަބުން، ވަޒީފާގެ ބުރަކަން އޭނާއަށް ވަރަށް ބޮޑަށް ތަހައްމަލު ކުރަންޖެހުނެވެ. މިފަދަ ބުރަ ތާވަލެއްގައި މަސައްކަތް ކުރުމަށްފަހު، އޭނާ ނިންމީ ހޮސްޕިޓަލުގެ ވަޒީފާއިން އިސްތިއުފާދީ އަމިއްލަ ބޭކަރީއެއް ހުޅުވުމަށެވެ.
ވަޒީފާއިން އިސްތިއުފާ ދިނުމަށްފަހު އޭނާ ހުޅުވި ކުޑަ ބޭކަރީގައި މައިގަނޑު ގޮތެއްގައި ވިއްކަން ފެށީ ފެނުކެއްކި ބަނަހެވެ. މި ހަބަރު މީޑިއާތަކުގެ ފުރަތަމަ ސަފުހާތަކުން ޖާގަ ހޯދުމާއެކު، ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ މިކަމާ މެދު ހިޔާލު ފާޅުކޮށްފަ އެވެ.
މި ހާދިސާއާއެކު އިންތިހާއަށް ޕްރެޝަރު ބޮޑު ވަޒީފާތަކުގައި އުޅޭ މީހުންނަށް ކުރިމަތިވާ މަސައްކަތުގެ ސަބަބުން އިންތިހާއަށް ވަރުބަލިވުމުގެ މައްސަލައާއި، ދިރިއުޅުމުގެ މިސްރާބު ނުވަތަ ކެރިއަރު ބަދަލުކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިފަ އެވެ.