ads
ދުނިޔޭގެ ފަތުރުވެރިކަން މިއަހަރު ދަށްވާނެ ކަމަށް އދ އިން ބުނެފި
އދ އިންޒާރެއް: ދުނިޔޭގެ ފަތުރުވެރިކަން މިއަހަރު ދަށްވާނެ
އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާ (ޔޫއެން ޓޫރިޒަމް) އިން، 2026 ވަނަ އަހަރު މުޅި ދުނިޔޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު ދަށްކޮށް، ބޮޑު އިންޒާރެއް ދީފި އެވެ.
Advertisement

އެ ޖަމްޢިއްޔާއިން މިހާރު ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ދުނިޔެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ކުރިއަރާނީ އެންމެ 1 އިންސައްތައާއި 2 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ.

މި ބަދަލު ގެންނަންޖެހުނު މުހިންމު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ވައިގެ ދަތުރުފަތުރުގެ އަގުތައް އިންތިހާއަށް އުފުލިގެން ދިއުން ހިމެނެ އެވެ. މީގެ އިތުރުން، ސަރަޙައްދީ އިގްތިސާދީ ނޭގުންތެރިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މުޅި ދުނިޔެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ކުރިއަރާފައިވަނީ އެންމެ 0.4 އިންސައްތައިންނެވެ. މިއީ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅެއްކަން އަންގައިދޭ ކަމެކެވެ.

އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާއިން ބުނި ގޮތުގައި، ދުނިޔޭގެ އިޤްތިޞާދީ އަދި ސިޔާސީ މަޝްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން މަޑުޖެހި، ކުރިއަށް އޮތް ތަނުގައިވެސް ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް