ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ އޮފީހުގެ މަސައްކަތްތަކުން ސަސްޕެންޑުކޮށްފި އެވެ.

Advertisement
އެނގިފައިވާ ގޮތުގައި، އެ އޮފީހުގެ އިދާރީ މައްސަލައަކާ ގުޅިގެން ޝިއުނާ ސަސްޕެންޑުކުރީ ދުވަސްކޮޅެއް ކުރިންނެވެ. އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ޝިއުނާ ޕެންޝަން އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2023 ގަ އެވެ. އޭނަ ކުރިން އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީ) ގެ ރައީސްގެ މަގާމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް ކުރެއްވި އެވެ.