މަރުވެފައިވަނީ ރ. ދުވާފަރު ޒުވާނެކެވެ.
މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ރ. ދުވާފަރު، ލިލީމާގޭ، މުހައްމަދު ޝައްފާނެވެ.
ފުލުހުން ބުނީ އޭނާ މޫދުން ނަގައިގެން އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށެވެ. އެ ޒުވާނާގެ މަރު ތަހުގީގަށް އަފިވެސް އޮތީ އުނގޫފާރު ހޮސްޕިޓަލަްގައިކަމަށް ފުލުހުން ބުނެ އެވެ. އަދި މިހާރު މަސައްކަތް ކުރަނީ އެ ޒުވާނާގެ ސީޓީ ސްކޭނެއް ހެދުމަށް ކަމަށް ފުލުހުން ބުނެ އެވެ.