ހޯނޑެއްދޫ ކައުންސިލުން މިއަދު ނެރުނު އެންގުމެއްގައި ބުނީ ރަށުގެ ބައެއް ސަރަޙައްދުތަކުގެ މަގުމައްޗަށް އަދި އެހެން ސަރަޙައްދުތަކަށް ދޫކޮށްލައިގެން ކުކުޅުހާލާއި ޕެޓްސްގެ ގޮތުގައި ގެންގުޅެތަކެތި ގެންގުޅޭކަން ފާހަގަ ކުރެވިފައިވާކަަށެވެ.
އަދި ބައެއް ރައްޔިތުންނަށް އެތަކެތީގެ އުދަނގޫ ކުރިމަތިވެގެން އެކަމުގެ ޝަކުވާ ކައުންސިލަށް އެކިފަހަރުމަތިން ރިޕޯޓްކޮށްފައިވާކަމަށްވެސް ކައުންސިލުން ނެރުނު އެންގުމުގައި ވެއެވެ.
އެހެންކަމުން ރަށުތެރެއަށް ކުކުޅުހާ އަދި ޕެޓްސްގެ ގޮތުގައި ގެންގުޅޭ އެންމެހައި ތަކެތި ދޫކޮށްލައިގެން ނުގެންގުޅުމަށް ހޯނޑެއްދޫ ކައުންސިލުން ވަނީ ރައްޔިތުންނަށް އަންގާފަ އެވެ.
ރަށްރަށުގައި އާއްމުކޮށް ކުކުޅު ހާ ގެންގުޅެނީ ހާމައަށް ދޫކޮށްލައިގެން ނެވެ.