ads
ސްޓެލްކޯ އިން އަލަށް ހިދުމަތްދޭން ފެށި ބ. އަތޮޅާއި ޅ. އަތޮޅު އަދި މ. އަތޮޅާއި ކ. ހުރާގެ ސްޓޭޝަން މެނޭޖަރުންނާއި ވަގުތީގޮތުން އިންޖީނުގެތަކާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ތަސައްލީއެއް: އަޒްވަރު
ސްޓެލްކޯގެ ޔުޓީލިޓީ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ގައުމީ ފެންވަރުގައި ރައްޔިތުންނަށް އޭގެ އިންތިހާ ފައިދާކުރާނެ ކަމެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެ އެވެ.
Advertisement

ޑރ. އަޒުވަރު މިހެން ވިދާޅުވީ، ސްޓެލްކޯއިން އަލަށް ހިދުމަތް ދޭން ފެށި ބ. އަތޮޅާއި، ޅ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. ހުރާގެ ސްޓޭޝަން މެނޭޖަރުންނާއި، ވަގުތީ ގޮތުން އިންޖީނުގެތަކާ ހަވާލުވެ ތިބި ފަރާތްތަކަށް އަމާޒުކޮށްގެން ފެށި ތަމްރީނު ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

ޑރ. އަޒުވަރު ވިދާޅުވީ، ސްޓެލްކޯއަކީ ގައުމީ ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާކަމަށާއި ސްޓެލްކޯއިން ދެމުންދާ ޔުޓީލިޓީ ހިދުމަތްތައް، ސްޓެލްކޯއިން ޤަބޫލުކުރާ މަތީ ފެންވަރުގައި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ އޭގެ ސަބަބުން ޤައުމީ ފެންވަރުގައި ގިނަ ފައިދާތަކެއް ލިބިގެންދާނެ ނިންމެވުމެއް ކަމަށެވެ.

އަޒުވަރު ވިދާޅުވީ މުޅި ރާއްޖެއަށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އެ ކުންފުނީގައި ޓީމްތަކެއް އެކުލަވާލައި ސަރވޭ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެއީ މުޅި ރާއްޖެއަށް ސްޓެލްކޯގެ ހިދުމަތް ފުޅާކުރެވިގެން ދިއުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއްކަން ފާހަގަކުރެއްވި އެވެ.

ސްޓެލްކޯ އިން އެ ހިދުމަތް ދިނުމަކީ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަން ފާހަގަކުރައްވައި އަޒުވަރު ވިދާޅުވީ އޭގެ ސަބަބުން ރަށްރަށުގައި ދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ހަރަދުތައް ކުޑަކުރެވޭނެ ކަމަށެވެ.

"މުޅި ރާއްޖެއަށް ސްޓެލްކޯގެ ހިދުމަތް ފުޅާކުރެވިގެން ދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއް. އެއީ ރަށްރަށުގައި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާ، އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ހަރަދުގެ ގޮތުގައި ހޭދަކުރެވޭ މިންވަރު ކުޑަކުރުމާ، އޮޕަރޭޝަނަލް އެފިޝަންސީއަކީ ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގަ އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއަކީ 75 އަހަރުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި، އަޒުވަރު ވިދާޅުވީ އެއީ ރައްޔިތުން ބަލައިގަންނަ ފަދަ ތާރީޚެއް ކަމަށެވެ. އަދި އެކަން އެގޮތަށް ދެމިއޮތީ އެންމެ ކުރީއްސުރެ އެކި ނަންނަމުގައި ކުންފުނި ހިންގަމުން އައިއިރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އަލަށް ޚިދުމަތް ފެށި ރަށްރަށުގެ ސްޓޭޝަން މެނޭޖަރުން ވެސް އެކަން ދަމަހައްޓައިދީ، ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގަތެވެ.

ސްޓެލްކޯގެ ހިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މި މަސައްކަތް ފަށާފައިވަނީ، ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ރަށްރަށުގައި ހިންގަމުން އައި އިންޖީނުގެތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެންނެވެ. މި ބަދަލުގެ ދަށުން، ފެނަކައިން މީގެ ކުރިން ހިދުމަތް ދެމުން އައި ގިނަ ރަށްތަކެއްގެ އިންޖީނުގެތަކުގެ އޮޕަރޭޝަންތައް މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފަ އެވެ. 

ސަރުކާރުގެ މި ނިންމުމުގެ މައިގަނޑު ބޭނުމަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއެކު، ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ދުމަތެއް ފޯރުކޮށްދިނުން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް