ads
އުރީދޫ
އުރީދޫ އެޕްއިން ރީޗާޖް ކޮށްގެން 100000 ރުފިޔާ ހޯދުމުގެ ފުރުސަތު
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ ގޮތަށް އުރީދޫ މޯލްޑިވްސްއިން އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން ފަށައިފި އެވެ.
Advertisement

"ރިޗާޖް އެންޑް ވިން"ގެ ނަމުގައި ފެށި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކަށް ވެސް ވަނީ ފައިސާގެ އިނާމެއް ހުށަހަޅައިފަ އެވެ. އެގޮތުން އުރީދޫ އެޕުން ރިޗާޖުކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 12،000ރ. ލިބޭނެ އެވެ. 

ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި، ޝަރުތު ހަމަވާ އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އުރީދޫ އެޕް މެދުވެރިކޮށް 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދަކުން ރީޗާޖުކުރުން ނުވަތަ 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ޕެކެއް އެކްޓިވޭޓްކުރުމުން ފުދޭނެ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

ޝަރުތު ހަމަވާ ކޮންމެ ޓްރާންސެކްޝަނަކާއެކު ހަފްތާގެ ގުރުއަތުލުމާއި ގްރޭންޑް ޕްރައިޒް ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާއިރު، އެޕް މެދުވެރިކޮށް ރީޗާޖުކުރާ ނުވަތަ ޕެކްތައް އެކްޓިވޭޓްކުރާ ވަރަކަށް ކަސްޓަމަރުންނަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

މުޅި ޕްރޮމޯޝަންގެ ތެރޭގައި ކަސްޓަމަރުންނަށް އެތައް ފަހަރަކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދިދާނެކަން ފާހަގަކޮށް އުރީދޫ އިން ބުނީ ހަފްތާއެއްގެ ތެރޭގައި ޝަރުތު ހަމަވާ 300 ރުފިޔާގެ ދެ ރީޗާޖުކުރާ ކަސްޓަމަރަކަށް އެ ހަފްތާގެ ގުރުއަތުލުމުގައި ދެ ފުރުސަތު ލިބޭނެ ކަމަށާއި މި ދެ ފުރުސަތު ގްރޭންޑް ޕްރައިޒް ގުރުއަތުލުމުގައިވެސް ގުނޭނެ ކަމަށެވެ.

ކޮންމެ ހަފްތާއަކު ނަސީބުވެރި އެއް ކަސްޓަމަރަކަށް 12،000 ރުފިޔާ ލިބޭއިރު، ޕްރޮމޯޝަން ނިމުމުން ނަސީބުވެރި އެއް ކަސްޓަމަރަކަށް 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ލިބިގެންދާނެ އެވެ.

ރީޗާޖް އެންޑް ވިން ޕްރޮމޯޝަން މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން އަމާޒުހިފާފައިވަނީ، ޑިޖިޓަލްކޮށް މޯބައިލް ޚިދުމަތްތައް މެނޭޖުކުރުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ހިތްވަރުދިނުމަށެވެ.

އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރީޗާޖުކުރުމާއި، ޕެކްތައް އެކްޓިވޭޓްކުރުމާއި، އެކައުންޓްތައް މެނޭޖުކުރުމުގެ އިތުރުން ސީދާ ސްމާޓްފޯނުން އުރީދޫގެ ހިދުމަތްތައް ހޯދޭނެ އެވެ. 

މިއީ ކަސްޓަމަރުންނަށް ފަސޭހައިން ލިބޭ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދީ، އާންމު ދިރިއުޅުމުގެ ގުޅުންތައް އިތުރަށް ފަސޭހަކޮށްދިނުމަށް އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް ތަސައްވުރުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެއްކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް