ads
ޔަސުއޯ ތަކަމަޓްސޫ އާއި އެނާގެ އަނބިމީހާ
ސުނާމީގައި ގެއްލުނު އަނބިމީހާ ހޯދަން 15 އަހަރު ވަންދެން 750 ފަހަރު ފީނައިފި
ޖަޕާނަށް 2011 ވަނަ އަހަރު އެރި ބާރުގަދަ ސުނާމީ ކާރިސާގައި ގެއްލުނު ލޯބިވާ އަނބިމީހާ ހޯދުމަށްޓަކައި، ފިރިމީހާ 15 އަހަރު ވަންދެން މެދުނުކެނޑި 750 އަށް ވުރެ ގިނަ ފަހަރު ކަނޑު އަޑިއަށް ފީނައިފި އެވެ.
Advertisement

ޖަޕާނުގެ ރައްޔިތެއް ކަމަށްވާ ޔަސުއޯ ތަކަމަޓްސޫގެ މި އަސަރުގަދަ މަސައްކަތަކީ، ދުނިޔޭގެ އެތައް ބައެއްގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވި ލޯބީގެ ތަފާތު އަދި ނިމުމެއް ނެތް މިސާލެކެވެ.

އެ ހިތާމަވެރި ހާދިސާގައި އޭނާގެ އަނބިމީހާ ޔޫކޯ ރާޅުތަކުގެ ތެރެއަށް ދަމައިގަތުމަށްފަހު، އެއްގަމުން އޭނާ ހޯދުމަށް ފިރިމީހާ ވަނީ ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފަ އެވެ. ނަމަވެސް އެއްގަމުން އެއްވެސް އަލިމަގެއް ނުފެނުމުން، އަނބިމީހާ ގެއްލުނު ކަނޑުގެ ސަރަހައްދު ބަލައި ފާސްކުރުމަށްޓަކައި އޭނާ ވަނީ ސްކޫބާ ޑައިވިން ދަސްކޮށް، އަމިއްލައަށް ކަނޑުގެ އަޑި ހޯދަން ނުކުމެފަ އެވެ.

އަނބިމީހާ ހޯދުމުގެ ތެރޭގައި ތަކަމަޓްސޫ އަށް ވަނީ، ޔޫކޯ ވަޒީފާ އަދާކުރި ބޭންކުގެ ޕާކިން ސަރަހައްދުގެ ތެރެއިން އޭނާގެ ފޯނު ފެނިފަ އެވެ. އެ ފޯނު ހުޅުވައި ބެލިއިރު، ސުނާމީ އެރުމުގެ ވަގުތުކޮޅެއް ކުރިން ޔޫކޯ އޭނާގެ ފިރިމީހާއަށް ފޮނުވާފައިވާ އެންމެ ފަހު މެސެޖުގައި ލިޔެފައިވަނީ "ހާލު ރަނގަޅުތަ؟ އަހަރެން ގެއަށް ދާން ބޭނުން" މިހެންނެވެ.

މި ހިތްދަތި މެސެޖަކީ ތަކަމަޓްސޫގެ ހިތުގައި އަނބިމީހާ ހޯދުމުގެ އަޒުމު އިތުރަށް ވަރުގަދަކޮށްދިން ސަބަބަކަށް ވެގެންދިޔައެވެ. އޭނާ ބުނާ ގޮތުގައި، ކަނޑުގެ އަޑިއަށް ކުރާ ކޮންމެ ފީނުމަކީވެސް އޭނާގެ ލޯބިވާ އަނބިމީހާއާ ވަރަށް ބޮޑަށް ގާތްވެވޭ ފަދަ އިހުސާސެއް ކުރުވާ ކަމެއް ކަމަށާއި، މިހާތަނަށް 750 އަށް ވުރެ ގިނަ ފަހަރު ފީނި ނަމަވެސް އުންމީދު އަދިވެސް ކަނޑާނުލާކަމަށެވެ. 

ހަށިގަނޑުގައި ވަރުހުރިހާ ހިނދަކު އަދި އަމިއްލަ ނަފުސަށް ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން އަނބިމީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ތަކަމަޓްސޫ ބުންޏެވެ. ކިތަންމެ ގިނަ އަހަރެއް ވޭތުވެދިޔަ ނަމަވެސް، ގެއްލިފައިވާ އަނބިމީހާއަށްޓަކައި ހިތުގައި އޮތް ލޯތްބާއި ކުލުނަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ހާމަކުރި އެވެ.

24%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް