ads
ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓް އޮޔާދަނީ. ފޮޓޯ/ ސޯޝަލް މީޑިއާ
ބުރިޖަށް އުރުނު ބޯޓު އޮތް ތަން ބުނެދިނުމަށް ސަރުކާރަށް 48 ގަޑިއިރު ދީފި
މާލޭ ބަނދަރުގައި އޮއްވައި ނަގިލި ކަހާލައިގެން ގޮސް ބުރިޖަށް އުރުނު ބޯޓު، މިހާރު އޮތް ތަނެއް ސާފުކޮށް ދިނުމަށް، އެ ބޯޓުގެ ވެރި ފަރާތުން ދިވެހި ސަރުކާރަށް 48 ގަޑިއިރުގެ މުހުލަތެއް ދީފި އެވެ.
Advertisement

މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ގޮސްފައިވާކަމަށް ޖެހިގެން އައިރޭ  އެމްއެންޑީއެފުން ވަނީ ބުނެ ފައެވެ. މި ދެ ބޯޓަކީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހުއްދަނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ، އަދި ސަރުކާރަށް ނޭނގި މާލެ ކައިރީގައި ނަގިލި ލައިގެން އޮންނަތާ ހަފުތާއެއް ފަހުން ސިފައިންނަށް އެނގިގެން އަތުލައިގަތް ދެ ބޯޓްކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެ ފައެވެ.

އެ  ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ ވެރި ފަރާތުން، ވަނީ މިރޭ ކަސްޓަމްސް އަށާއި ދައުލަތުގެ އިސް އިދާރާތަކަށް މެއިލެއް ފޮނުވާފަ އެވެ.  މިރޭ 18:22 ގައި  ފޮނުވި އެ މެއިލްގައި ވަނީ، މިހާރު އެ އުޅަނދު އޮތް ތަނެއް 48 ގަޑިއިރުގެ ތެރޭގައި ބުނެދޭން އެދިފަ އެވެ. އަދި އެވަގުތުގެ ތެރޭގައި ފުރިހަމަ ޖަވާބެއް ނުދީފިނަމަ ދިވެހިރާއްޖޭގެ އިދާރީ އަދި ގާނޫނީ ނިޒާމުގެ ތެރެއިންނާއި، ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން ލިބިދޭ ހުރިހާ ހައްގުތަކެއްގެ ބޭނުން ހިފުމަށް ވެރި ފަރާތަށް މަޖުބޫރުވާނެ ކަމަށްވެސް އެ މެެއިލްގައި ވެއެވެ. 

މީވެއިތުރުން އެ ދެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމަށް ސަރުކާރުން އެކަށީގެންވާ އެއްބާރުލުމެއް ނުދޭކަމަށް ބޯޓްގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ. އަދި އެ ބޯޓު ފެތިފައިވާ ކަމަށް ސަރުކާރުން ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް ދައްކާފައި ނުވާއިރު  އެކަމާ މެދު ގޮތެއް ނިންމޭނީ މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގައިގެންކަމަށްވެސް ބޯޓް ގެ ވެރިފަރާތުން ބުނެއެވެ.

67%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް