ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، 2026 އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ފުލުހުން ދައުވާކުރަން އެދުނު މީހުން
މި ހަ މީހުންގެ ތެރެއިން މުޙައްމަދު ޝާބިން ޝުޖާޢު ހައްްޔަރުކުރީ މާރާމާރީ ހިންގި ސީނުންކަމަށާއި ބާކީ ތިބި ފަސް މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
ސީން އިން ހައްޔަރުކުރި މުހައްމަދު ޝާބިން ޝުޖާޢުގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައި ފުލުހުން ބުނެ އެވެ. އެ ނިންމުން ހައިކޯޓުގައި މިހާރު އިސްތިއުނާފުކޮށްފައިކަމަށްވެސް ފުލުހުން ބުނެ އެވެ.
ދެން ތިބި މީހުންގެ ތެރެއިން އަބްދު ﷲ ނިހާދު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 14 ވަނަ ދުވަހުކަމަށާއި އޭނާގެ ބަންދު މުއްދަތު ހަމަވާނީ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހަށްކަމަށް ފުލުހުން ބުނެއެވެ.
އިބްރާހީމް ސުނީޒް ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 15 ވަނަ ދުވަހުކަމަށާއި އޭނާގެ ބަންދު މުއްދަތު ހަމަވާނީ މިހުގެ 23 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. އަހްމަދު އަހުނަފް އަސްފާޤު ހައްޔަރުކުރީ އޮގަސްޓު 19 ވަނަ ދުވަހުކަމަށާއި އޭނާގެ ބަންދު މުއްދަތު ހަމަވާނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުކަމަށް ފުލުހުން ބުނެ އެވެ.
މުހައްމަދު ޝައިޙާން ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 28 ވަނަ ދުވަހުކަމަށާއި އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހު ހަމަވަާނެކަމަށް ފުލުހުން ބުނެ އެވެ.
ހަސަން ނަބީލުގެ ބަންދުގެ މުއްދަތު ހަމަވެ ކޯޓަށް ގެންދިޔުމުން ކޯޓުން އޭނާ ދޫކޮަށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.