ads
ޓްރަމްޕާއި ނިކީ މިނާޖް
ޓްރަމްޕްގެ ހާއްސަ ނިންމުމެއް: ނިކީ މިނާޖަށް އެމެރިކާގެ ރައްޔިތުކަން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ ނިންމުމެއްގެ ދަށުން، ދުނިޔޭގެ މަޝްހޫރު އަންހެން ރެޕާ ނިކީ މިނާޖަށް އެމެރިކާގެ ރައްޔިތުކަން ލިިބިއްޖެ އެވެ.
Advertisement

މިއުޒިކީ ދުނިޔޭގައި ބޮޑު ނުފޫޒެއް އޮންނަ އަދި "ކުއީން އޮފް ރެޕް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ނިކީ މިނާޖަށް އެމެރިކާގެ ސިޓިޒެންޝިޕް ދިނުމާ ގުޅިގެން، މިކަމަށް ވަނީ ދުނިޔޭގެ މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައެވެ.

އަސްލު ނަމަކީ އޮނިކާ ޓާނިއާ މަރާޖް ކަމަށްވާ ނިކީ މިނާޖް އުފަންވީ ކެރީބިއަން ގައުމެއް ކަމަށްވާ ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށެވެ. ނަމަވެސް، އޭނާ ބޮޑުވެ ދިރިއުޅުން ބައްޓަންކުރީ އެމެރިކާގެ ނިއުޔޯކްގެ ކުއީންސްގަ އެވެ. އޭނާއަކީ 2010 ވަނަ އަހަރުން ފެށިގެން އަންހެން ހިޕްހޮޕް މިއުޒިކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީ، ދުނިޔޭގެ ފެންވަރުގައި އެތައް މިލިއަން ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ވަރަށް ކާމިޔާބު ފަންނާނެކެވެ.

މަޝްހޫރު ރެޕާ ލިލް ވޭންގެ އެހީތެރިކަމާއެކު މިއުޒިކީ ދާއިރާއަށް ތައާރަފްވި ނިކީ މިނާޖްގެ އެންމެ ފުރަތަމަ އަލްބަމް "ޕިންކް ފްރައިޑޭ" 2010 ވަނަ އަހަރު ނެރުމާއެކު، އޭނާ ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެގެން ގޮސްފައެވެ. އޭނާގެ ހަލުވި އަދި ތަފާތު ރެޕް ކުރުމުގެ ސްޓައިލާއި، "ސުޕަ ބޭސް"، "ސްޓާޝިޕްސް" އަދި "އަނަކޮންޑާ" ފަދަ މަގުބޫލު އެތައް ލަވައަކުން އޭނާ ވަނީ ޗާޓުތަކުގެ ކުރި ހޯދާފަ އެވެ.

މީގެ އިތުރުން، އޭނާގެ މަޝްހޫރު ލަވަ "ސުޕަ ފްރީކީ ގާލް" އާއެކު އޭނާ ވަނީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެކަނި ލަވަކިޔައިގެން އެމެރިކާގެ ބިލްބޯޑް ހޮޓް 100 ގެ އެއްވަނަ ހޯދި ފުރަތަމަ އަންހެން ރެޕާގެ ޝަރަފުވެސް ހޯދައި، ތާރީހީ ރެކޯޑެއް ހަދާފައެވެ. މިފަދަ ބޮޑެތި ކާމިޔާބީތަކާއެކު، އޭނާ ބެލެވެނީ މި ޖީލުގައި އުފެދުނު އެންމެ ނުފޫޒުގަދަ އަދި އެންމެ ގިނައިން އަލްބަމް ވިކިފައިވާ އެއް ފަންނާނުގެ ގޮތުގަ އެވެ.

ހަމައެކަނި މިއުޒިކީ ދާއިރާގެ އިތުރުން ފެޝަނާއި، ރީތިވާ ސާމާނާއި، ސެންޓު އުފެއްދުމުގެ އިތުރުން ފިލްމީ ދާއިރާގައިވެސް ނިކީ މިނާޖް ވަނީ ބޮޑު ކާމިޔާބީއެއް ހޯދައި އަމިއްލަ ވިޔަފާރި އެމްޕަޔަރެއް ބިނާކޮށްފަ އެވެ. ރައީސް ޓްރަމްޕްގެ މި ނިންމެވުމާއެކު، އެމެރިކާގެ ސަގާފަތަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު ހިދުމަތެއް ކޮށްދީފައިވާ މި ތަރިއަށް މިހާރު ރަސްމީކޮށް އެމެރިކާގެ ރައްޔިތުކަން މިވަނީ ލިބިގެން ގޮސްފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް