ads
ސްޓެލްކޯ ބޯޑަށް މިއަދު އައްޔަންކުރި ނިޒާމް: އޭނާ ކުރިން ހުންނެވީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި --- ފޮޓޯ/ޕީސީބީ
ސްޓެލްކޯގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި
ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމު ކަރަންޓު ކުންފުނި ސްޓެލްކޯގެ ބޯޑަށް މިއަދު އައްޔަންކޮށްފި އެވެ.
Advertisement

ނިޒާމު ކަރަންޓު ކުންފުނި ސްޓެލްކޯގެ ބޯޑަށް ސަރުކާރުން އައްޔަންކުރި ކަމަަށް ޕީސީބީން ބުނިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ސަރުކާރުގެ ބައިވެރިވުން ނެތި ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގޭނެ އޮނިގަނޑެއް ގާނޫނު އަސާސީގައި ކަނޑައެޅުމަށް ގޮވާލައިފަ އެވެ. އަދި ކުންފުނިތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ޕީސީބީއަކީ ސަރުކާރުގެ ކޮންޓްރޯލް ނެތް ތަނަކަށް ހެދުމަށް ގޮވާލާފަ އެވެ. 

'އެދޭ ރާއްޖޭ'ގެ ހުށަހެޅުން

ވަކި ސިޔާސީ ފަރާތްތަކަށް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ފައިދާ ހޯދުމާއި، ކުންފުނިތަކުން ކޮރަޕްޝަން ނައްތާލުމަށް ތިރީގައިވާ ކަންކަން "އެދޭ ރާއްޖެ" ހަރަކާތުން ހުށަހަޅަމެވެ.

  1. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން އެއްބަސްވާ (ނޮމިނޭޓް) މީހުން ޕީސީބީ އަށް އައްޔަންކުރުމާއި، ދައުލަތުގެ ކުންފުނިތައް އުފެއްދޭނީ ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ލިބިގެންކަމަށް ކަނޑައެޅުން.
  2. ޕީސީބީ އަދި މަޖިލީހުން، ކުންފުނި ތަކުގެ ހިންގުމުގެ މިންގަނޑުތަކާ ލަނޑުދަނޑިތައް އާންމުކޮށް، އެލަނޑުދަނޑިތަކަށް ވާސިލްވަނީ ކިހާ ވަރަކަށްކަން ހާމަކުރުން.
  3. ކުންފުނި ތަކަށް މީހުން އައްޔަނު ކުރުމުގައި މެރިޓް-ބޭސްޑް ސިސްޓަމެއް ތައާރަފްކޮށް ތަންފީޒުކުރުން.
  4. ދައުލަތުގެ ކުންފުނި ތަކަކީ އަމިއްލަ ވިޔަފާރިތަކާ ވާދަކުރާ ބަޔަކަށް ނުވުން. އަދި ދައުލަތުގެ ކުންފުނިތަކުން ފޯރުކޮށްދޭންވާނީ އަސާސީ ހިދުމަތާއި ވަސީލަތްތައް. އަދި ދައުލަތުގެ ކުންފުނިތަކުގެ ދައުރަށް ވާންވާނީ އަމިއްލަ ވިޔަފާރިތަކަށް ނުކުރެވޭ، ނުވަތަ ކުރަން ދަތި ކަންކަމަށް ވުމާއެކު، އާ ސިނާއަތު އުފައްދަން މަގުފަހި ކުރުން.

މީގެ ނަތީޖާއަކީ ދައުލަތުގެ ބޭނުމަށް ވުރެ ރައީސްގެ އަމިއްލަ މަސްހަލަތާއި މަންފާއަށް ކުންފުނިތަކުން ކުރަމުންގެންދާ ހޭދަ ނިމުކަށް ގެނެސް ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގުން ހަރުދަނާވުން ކަމަށް އެދޭ ރާއްޖެ ޓީމުން ވަނީ ބުނެފަ އެވެ.  

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރުމުގެ ކުރިން ނިޒާމު ވަނީ ޕްރޮޖެކްޓް މެނޭޖް ކުރުމާއި އިދާރީ ހިންގުމުގެ ދާއިރާގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. 

ނިޒާމު ވަނީ ވިލާ ކޮލެޖުން ޝަރީއާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައި، އެ ދާއިރާއިން ފޯސްޓްގްރެޖުއޭޓް ތައުލީމު ވެސް ހާސިލުކުރައްވައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް