ads
ކުރީގެ ނައިބު ރައީސް ފައިސަލް 22 ފެބްރުއަރީ 2024 ގައި އެމްޑީޕީއަށް ސޮއިކުރައްވައި، އެ މަނިކުފާނުގެ ފޯމު، ކުރީގެ ރައީސް އިބޫއާ ހަވާލުކުރައްވަނީ.
ރިޔާސީ ޕްރައިމަރީގެ މަޝްވަރާއަށް ސޯލިހާއި ފައިސަލް ބައްދަލުކުރައްވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
Advertisement

މިއަދު މެންދުރުފަހު، މި ބައްދަލުވުން އޮތީ ސޯލިހްގެ އޮފީސް ހުންނަ ސޯލްޓް ކެފޭ ހިންގާ އިމާރާތުގަ އެވެ. ގާތްގަނގަކަށް ދޮޅު ގަޑިއިރަށް މި ބައްދަލުވުން ދިގު ދެމިގެން ދިޔަ އެވެ. 

ސޯލިހުގެ ރަސްމީ އޮފީހަށް ވަޑައިގެން މަޝްވަރާ ކުރެއްވި ނަމަވެސް އޭގެ ތަފުސީލެއް ފައިސަލްގެ ފަރާތްޕުޅުން އަދި ނުދެއްވަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކުރެއްވީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. ނަމަވެސް ފައްޔާޒު އަދި ރަސްމީކޮށް ކެމްޕެއިން ކުރައްވާކަށް ނުފައްޓަވަ އެވެ. 

ޝާހިދާއި ފައްޔާޒުގެ އިތުރުން އަދިވެސް އެހެން ބައެއް ބޭފުޅުން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އެބަ އޮތެވެ. ނަމަވެސް އެ ބޭފުޅުން އަދި އެކަން ފާޅުގައި ހާމައެއްނުކުރައްވަ އެވެ.  

ރިޔާސީ އިންތިހާބަށް މިހާރުއްސުރެ ތައްޔާރުވަމުން އަންނައިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓް މިދިޔަ ހުކުރު ދުވަހު ވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދީފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް