މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ އިގްތިސާދު ކުރިއެރީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއަށް ވުރެ 1.3 ޕަސެންޓަށް އިތުރަށެވެ. އަދި އިގްތިސާދު ކުރިއެރީ ފައިނޭންޝަލް ސެކްޓަރާއި ކޮންސްޓްރަކްޝަން ސެކްޓަރު ކުރިއެރުމުނެންވެ.
ނަމަވެސް، ދެވަނަ ކުއާޓާގައި ޓޫރިޒަމް ސެކްޓަރު ވަނީ ވަރަށް ދަށަށް ގޮސްފަ އެވެ. އެގޮތުން މެދު އިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ސެކްޓަރު މިދިޔަ އަހަރަށް ވުރެ 34 ޕަސެންޓަށް ދަށަށް ގޮސްފައިވާއިރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރަ މުއްދަތު ވެސް ވަނީ ދަށަށް ގޮސްފަ އެވެ.
މި ކުއާޓަރުގެ ޖީޑީޕީ ހުރީ 29 ބިލިއަން ރުފިޔާގައެވެ. މިއީ ފާއިތުވި އަހަރަށްވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެއް ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 17.4 އިންސައްތަ (6 ބިލިއަން ރުފިޔާ) ގެ ދަށްވުމެކެވެ. މުޅި އިޤްތިޞާދުގެ އަގުތަކަށް އަންނަ ބަދަލު ދައްކުވައިދޭ "އިމްޕްލިސިޓް ޕްރައިސް ޑިފްލޭޓާ" ހުރީ 115.7 ގައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 4.6 އިންސައްތައިގެ މަތިވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 100،000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ. މީގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރަށް އަސަރުކޮށް، މުޅި އިގްތިސާދަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ.
ހަނގުރާމައާ ގުޅިގެން ޓޫރިސްޓުން އައުން ދަށްވިއިރު، އަދިވެސް އެ ހާލަތުން މުޅިން އަރައިނުގަނެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 3.9 ޕަސެންޓް ދަށެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.