ads
ތިނަދޫ މޭޔަރު
ބިމެއް ދޫކުރި މައްސަލާގައި ތިނަދޫ މޭޔަރު ސައުދަށް ދައުވާކުރަނީ
އަމަިއްލަ ބަޔަލަށް ފައިދާ ހޯދާދިނުމަށް ގދ. ތިނަދޫއިން ބިމެއް ދޫކުރި މައްސަލާގައި ތިނަދޫ މޭޔަރު ސައުދު އަލީއާ ތިނަދޫ ކައުންސިލްގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ ) އިން ނިންމައިފި އެވެ.
Advertisement

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު"ގައި ބީލަމަށް ހުޅުވާނުލައި ސިނާއީ/ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައި ވީނަމަވެސް، ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ގދ. ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން ކައުންސިލުން ބިމެއް ދޫކޮށްފައިވާކަމަށެވެ. 

ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެމްބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަހްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކޮށް ނިންމާފައިވަނީ އިޢުލާންކުރުމަކާ ނުލައި ގަވައިދާ ހިލާފަށް އެކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ނިންމާފއިވާކަމަށެވެ. 

އަދި، 1 ނޮވެންބަރު 2023 ގައި އެ ކުންފުންޏާއިއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސައުދު އަލީ ސޮއިކުރައްވައި، ގަވާއިދާ ހިލާފަށް އެއް ބިން ދޫކުރަން ނިންމި ނިންމުގެ އިތުރަށް 2000 އަކަފޫޓުގެ 3 ބިން އެ ކުންފުންޏަށް ވަނީ ގަވައިދާ ހިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާކަމަށެވެ. 

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވުމަށް ނިންމާފައިވަނީ، ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސްގެ މަޤާމުގައި ހުރި ސައުދު އަލީއާއި، ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަހްމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށްކަމަށް އޭސީސީން ބުނެ އެވެ. މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 10 ސެޕްޓެމްބަރު 2026 ގައިކަމަށް އޭސީސީން ބުނެ އެވެ. 

އެ މީހުންގެ މައްޗަށް ދައުވާކުރަން ނިންމީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތު 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކަމަށް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް