ads
އެމްޕީއެލްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަަރުގެ މަޤާމުގައި ހުރި މުހައްމަދު ޖުނައިދު
އެމްޕީއެލަށް 18 އޭސީ ގަތް މައްސަލާގައި ޖުނައިދަށް ދައުވާކުރަން ފޮނުވައިފި
އެމްޕީއެލަށް ހަތް 18 އެސީއެއް ގަތުމުގައި ވަކި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދާދިނުމުގެ ކުށުގައި އެމްޕީއެލްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު އަދާކުރެއްވި މުހައްމަދުި ޖުނައިދުގެ މައްޗަށް ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ.
Advertisement

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ 2016 އަދި 2017 ވަނަ އަހަރު، އެމް.ޕީ.އެލްއިން 18 އެއާކޮންޑިޝަން ޔުނިޓް ޔުނިޓް ގަތީ އޭރު އެ ކުންފުނިން ޢަމަލުކުރަމުންގެންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ޤަވާއިދު (2011) އާ ހިލާފަށް އާންމުކޮށް އިޢުލާންކުރުމެއްނެތިކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައިކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ތަޖުރިބާ ލިބިފައިނުވާ ކުންފުންޏަކާއި ކަމަށެވެ. 

އޭސީސީން ބުނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން އޭސީ އެމްޕީއެލަށް ވިއްކާފައިވަނީ އެދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި 1,083,998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާއަށް ކަމަށެވެ. 

މި މައްސަލާގައި އޭރުގެ އެމްޕީއެލްގެ ސީއީއޯގެ މަޤާމުގައި ހުރި މުހައްމަދު ޖުނައިދާއި އަދި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަޤާމުގައި އޭރު ހުރި އަބްދުލްވައްހާބު މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާކަމަށް އޭސީސީން ބުނެ އެވެ. އަދި މި ދެމީހުން އިސްވެ ހުރެ އެމްޕީއެލަށް ނުއަގުގައި އޭސީ ގަނެފައިވަނީ އެމީހުންނާއި ގުޅުން އޮތް ބައެއްގެ އަތުންކަމަށްވެސް އޭސީސީން ބުނެ އެވެ. 

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހެޅުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކަމަށް އޭސީސީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް