މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝް އަށް އުފަން މުހައްމަދު މައިނުއްދީން ސަލާހު އާއި ރަޖިބު އާއި މުހައްމަދު އަބްދުﷲ އާއި އަޖްގޮރު މިރިދާ އާއި އެމްޑީ މޮހިއްދީން ޗޯދްރީ އަދި އެމްޑީ ޝާހިން މިއާހް އެވެ.
އެ މީހުން ހައްޔަރު ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަާޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައި ގިނަ އަދަދެއްގެ ފައިސާ އާއި އެކުގައި ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.
ފުލުހުން ބުނިގޮތުގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދުމަށް ހިންގާ އޮޕަރޭޝަނުގެ ދަށުން އެ މީހުން ބަލާ ފާސްކުރި އިރު، 18 ގައުމެއްގެ ފައިސާ އަތުގައި ހުއްޓެވެ.
އޭގެތެރޭގައި:
ފުލުހުން ބުނިގޮތުގައި ގިނަ އަދަދެއްގެ ބޭރު ފައިސާއާ އެކު ފިލަން ދާން އުޅުނު މި އެންމެން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އަދި ތަހުގީގުގެ ބޭނުމަށް އެ ފައިސާ ވެސް ފުލުހުންގެ އަތުގައި ބަހައްޓާފައިވާ ކަމަށް ބުންޏެވެ.
ހަ މީހުންގެ މައްޗަށް ވެސް ފުލުހުން މަނީލޯންޑްރިންގެ ތުހުމަތު އުފުލާފައިވާއިރު، މީގެ ތެރެއިން ބައެއް މީހުން ކޯޓުގައި މިއަދު ބުނީ އެ މީހުން އެއާޕޯޓަށް ދިޔައީ މީހަކު ފުރުވަން ކަމުގައި އެެވެ.
އަނެއް މީހުން ދިޔައީ މީހަކަށް ޕާރުސަލެއް ހަވާލުކުރަން ކަމަށާއި އޭގައި ހުރި އެއްޗެއް ނޭނގޭ ކަމަށް ވެސް އެ މީހުން ވަނީ ކޯޓުގައި ބުނެފައި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ކޮންމެ މީހަކަށް ނެރުނު އަމުރުތަކުގައި މައްސަލައިގެ ބާވަތުގެ ގޮތުގައި ލިޔެފައި އޮންނަނީ މަނީ ލޯންޑަރިންނެވެ. އަދި އެއިން ކޮންމެ މީހެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.