މި އެކްސިޑެންޓް ހިނގާފައިވަނީ ލ. ގަމުގައި ކުރިއަށް ގެންދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައެވެ.
މި ހާދިސާގައި އަނިޔާވީ އުމުރުން 20 އަހަރުގެ ޒުވާނެއްކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގީ ސައިކަލް ކޮންޓްރޯލުން ނެއްޓި ދުއްވަން އިން މީހާއާ އެކު މޫދަށް ވެއްޓިގެންކަމަށެވެ.
މި ހާދިސާގައި ޒަހަމްވި ޒުވާނާއަށް ފަރުވާދެމުން އަންނަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.