ads
ހއ. ދިއްދޫ.-- ފޮޓޯ/ ޒުވާން މަސްވެރިޔާ ޔޫޓިއުބް ޗެނަލް
ނަފްސާނީ އެހިތެރިކަން ހޯދަން 1456 ގުޅަން އެދެފި
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިލޭ ގުޅަން ޔޫތް މިނިސްޓްރީން ހެދި ހާއްސަ ނަމްބަރު ތައާރަފުކޮށްފި އެވެ.
Advertisement

ނަފްސާނީ އެހިތެރިކަން ހޯދަން އެދޭ ފާރާތަކުން ގުޅަން ތައާރަފުކުރި ނަމްބަރަކީ  "1456" އެވެ. 

ޔޫތް މިނިސްޓްރީން ބުނީ ނަފްސާނީ އެހިތެރިކަން ހޯދަން އެދޭ ޒުވާނުންނަށް ވަކި ހާއްސަ ނަމްބަރެއް ހެދީ ކޮންމެ ޒުވާނަކަށްވެސް އެެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާ އެކު ކައުންސިލިން އާއި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ލިބޭނެ ގޮތް ހެދުންކަމަށެވެ. 

މި ނަމްބަރުން ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އާ ދެމެދު އެ ހިދުމަތް ލިބޭނެކަމަށް މިނިސްޓްރީން ބުނެ އެވެ. މި ނަމްބަރު މެދުވެރިކޮށް ވަކިވަކި ފަރުދުންނާއި އާއިލާތަކަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތް ލިބޭނެކަަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ނަފްސާނީ ކުއްލި އެހީތެރިކަމާއި ސިއްހީ ސްކްރީނިން ހިދުމަތްވެސް މި ނަމްބަރު މެދުވެރިކޮށް ލިބޭނެކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ. 

ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ، ލަސްނުކޮށް ނޭޝަނަލް މެންޓަލް ހެލުތާ ގުޅަން ހެލްޕްލައިން ހެލްތު މިނިސްޓްރީންވެސް ވަނީ މިދިޔަ އޭޕްރިލްގެ ތައާރަފުކޮށްފަ އެވެ. ހެލްތު މިނިސްޓްރީން ބުނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް