ads
އަދީބު
އެމްއެމްޕީއާރުސީގެ މޭސްތިރިއަކީ އަދީބުކަމަށް ބުނި އާޓިކަލް ފޯބްސްއިން ނަގައިފި
ރާއްޖޭގެ މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީގެ ހިޔާނާތުބެ މޭސްތިރިއަކީ އަދީބުކަމަށް ބުނެ ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަޖައްލާ ކަމަށްވާ ފޯބްސްގެ ޖޯޖިއާ އިން ނަގައިފި އެވެ.
Advertisement

އެ ނޫހުގައި މިމަހުގެ ޖެހި އާޓިކަލްގައި އޮތީ ކުރީގެ ޓްއަރިޒަމް މިނިސްޓްރަކަށް ހުންނެވި އަހްމަދު އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފުލުގައި ހުރި އެންމެ ބޮޑު މޭސްތިރިއާކަމަށެވެ. އެހެންނަމަވެސް އެ އާޓިކަލް  ވަނީ އެ ނޫހުން ވަނީ ނަގާފަ އެވެ. 

އޭގެ ސަބަބެއްކަމަށް ބުނީ އެ ނޫހުން ބުނީ އެ އާޓިކަލާއި ގުޅޭ ގޮތުން ބައެއް ސުވާލުތައް އުދެފިފައިވާތީކަމަށެވެ. އެ ގޮތުން އެ އާޓިކަލަށް މައުލޫމާތު ހޯދާފައިވާ ގޮތުގެ އިތުރުން އެ ނޫހުގެ އެޑިޓޯރިއަލް އަދި ކޮމާޝަލް ކޮންޓެންޓްގެ މިންގަނޑުތަކަށް ފެތޭ ތޯ ބަލަމުން އަންނަކަށް އެ ނޫހުން ބުނެ އެވެ. 

ފޯބްސް އަކީ 1917 ގެ ފެށިގެން ނެރެމުން އަންނަ މަޖައްލާއަކެވެ. ދުނިޔޭގައި އެންމެ މަޝްހޫރު މަޖައްލާތަކުގައި ހިމެނޭ މި މަޖައްލާ މަޝްހޫރުވެފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓު ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓު ނެރޭ ނޫހުގެ ގޮތުގަ އެވެ. އަދި "30 އަންޑަ 30" ނަމުގައި ޒުވާން ކާމިޔާބު ވިޔަފާރިވެރިން ލިސްޓެއްވެސް މި މަޖައްލާއިން އަންނަނީ ނެރެމުން ނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް