މިފަހަރުގެ އިމްތިހާނުން މިއަދު ވަނީ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނު ފަށާފަ އެވެ. އެގޮތުން ފުރަތަމަ ކުރިޔަށް ދަނީ ދިވެހި، އިސްލާމް އިމްތިހާނުގައި 7776 ކުދިން ބައިވެރިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ދިވެހި އިސްލާމް ޕޭޕަރު މިއަދާއި މަދާމާ އޮންނާނީ ދިވެހި މާއްދާގެ ޕޭޕަރުތަކެވެ. މިމަހުގެ 22 ، އަދި 23 ގައި އޮންނާނީ އިސްލާމު ޕޭޕަރުތަކެވެ.
މި ފަހަރުގެ އިމްތިހާނުގައި މާލޭގައި 25 ސެންޓަރުގައި އިމްތިހާނު ހަދާނެ އެވެ. އެ ސެންޓަރުތަކުގައި އިމްތިހާނު ހަދާ ކުދިންގެ އަދަދަކީ 3222 ދަރިވަރުންނެވެ. އަތޮޅުތެެރޭގައި 242 ސެންޓަރެއްގައި 2869 ދަރިވަރުން އިމްތިހާނު ހަދާނެ އެވެ.
ދިވެހި އިސްލާމަށް ފަހު އޯލެވެލް އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެ އިމްތިހާނުގައި މިފަހަރު ރާއްޖެއިން 8111 ދަރިވަރުން ބައިވެރިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.