ފުލުހުން ބުނިގޮތުގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދުމަށް ހިންގާ އޮޕަރޭޝަނުގެ ދަށުން އެ މީހުން ބަލާ ފާސްކުރި އިރު، 18 ގައުމެއްގެ ފައިސާ އަތުގައި ހުއްޓެވެ.
އޭގެތެރޭގައި:
ފުލުހުން ބުނިގޮތުގައި ގިނަ އަދަދެއްގެ ބޭރު ފައިސާއާ އެކު ފިލަން ދާން އުޅުނު މި އެންމެން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އަދި ތަހުގީގުގެ ބޭނުމަށް އެ ފައިސާ ވެސް ފުލުހުންގެ އަތުގައި ބަހައްޓާފައިވާ ކަމަށް ބުންޏެވެ.
ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު މި ފަހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
ހުއްދަ ނެތް ފަރާތުން ޑޮލަރު ވިއްކާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައިވާއިރު މިފަހުން ވެސް ވަނީ އެ ވިޔަފާރީގައި އުޅޭ ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ.