ads
ޓްރަމްޕް ނޫސްވެރިންނާއި އެކު ވައިޓް ހައުސް ގޯތިތެރޭގައި.-- ފޮޓޯ: ވައިޓް ހައުސް
ސީއެންއެންއާއި އިތުރު ނޫސްތަކެއް ވައިޓް ހައުސްއަށް ނުވައްދަން ޓްރަމްޕް ނިންމައިފި
ސަރުކާރާ ގުޅޭގޮތުން ދޮގު ހަބަރުތައް ފަތުރަނީކަމަށް ބުނެ ދުނިޔޭގެ މަޝްހޫރު ނިއުސް އެޖެންސީ ސީއެންއެން އާއި އިތުރު މީޑިއާތަކެެއް ވަައިޓް ހައުސަށް ނުވައްދަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފި އެވެ.
Advertisement

ސީއެންއެންގެ އިތުރުން ދެން ވައިޓް ހައުސްއިން ޖާގަ ނުލިބޭނެކަަމަށް ޓްރަމްޕް ނިންމާފައިވަނީ އެމްއެސް ނައު އަދި ޕޮލިޓިކޯ އެވެ. 

ޓްރަމްޕް އިއްޔެ ވިދާޅުވީ އެ މީޑީއާތައް ވައިޓް ހައުސްގެ ޕެރެސްތަކަށް ނުވައްދަން ނިންމީ ވަކި ހާއްސަ ހަބަރަކާއި ގުޅިގެން ނޫންކަމަށާއި އެ މީޑިއާތަކުން އޭނާގެ ސަރުކާރާ ގުޅޭގޮތުން ދޮގު ހަބަރުތައް ފަތުރަމުން އަންނާތީކަމަށެވެ. އެގޮތުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެފަދަ ހަބަރުތައް ގެނެސްފައިވާކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

މީގެއިތުރުން ނިއުޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓާއި މެދު ހަމަ އެއްގޮތަކަށް ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ. 

މި ނިންމުމާއި އެކު މަނާކުރި ނޫސްތަކަށް ދެން ވައިޓް ހައުސްއިން ބާއްވާ ޕްރެސްތަކަކަށް ނުވަދެވޭނެ އެވެ. އޭގެއިތުރުން ވައިޓް ހައުސްގެ ގޯތިތެރެއަށްވެސް އެ ނޫސްތަކަށް ނުވަދަވޭނެ އެވެ. 

އެހެންނަމަވެސް ޓްރަމްޕްގެ މި ނިންމުމުން ގާނޫ ގޮތުން ސުވާލު އުފެދޭކަމަށް ބޭރުގެ ރިޕޯޓްތައް ބުނެ އެވެ. ސަބަބަކީ ވަކި މީޑިއާތަކެއް ވައިޓް ހައުސްގެ ނޫސްވެރިންގެ ބައްދަލުވުންތަކުން މުޅިން ބޭރުކުރުމަކީ އެމެރިކާގެ ގާނޫނުއަސާސީއާ ހިލާފު ނިންމެއްކަމަށްވާނެތީކަމަށް ރިޕޯޓްތައް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް