ads
ޕީއެންސީގެ އެއްވުމެއްގެ ތެރެއިން
3000 މެމްބަރުންނާއިއެކި ފެށި ޕީއެންސީގެ މެމްބަރުން 80،000 އަރައިފި: މުއިއްޒު
ވެރިކަންކުރާ ޕާޓީ ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އަރާފައިވާކަމަށް އެޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީގެ ކޮންގެރެސް ނިންމަން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ވެރިކަން ފެށުނު އިރި ޕީއެންސީގައި ތިބީ އެންމެ 3000 އެއްހާ މެމްބަރުންކަމަށެ  ވެ. 

އެހެންނަމަވެސް މެމްބަރުން ިއތުރުކުރަން ކުރި މަސައްކަތުން މިހާރު ޕާޓީގެ މެމްބަރުގެ އަދަދު 80،083 އަރާފައިވާކަމަށެވެ. އަދި މި އަދަދުން ދައްކުވާދެނީ ޕީއެންސީގެ ފަލްސަފާ ދިވެހި ރައްޔިތުން ގަބޫލުކުރާކަމުގެ ހެއްކެއްކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ދާ ގޮތުން ލައްކައަކަށް ވުރެ މައްޗަށް ވަރަށް އަވަހަށް އަރާނެކަަމަށް ގަބޫލުފުޅޫ ކުރައްވާކަމަށެވެ. 

" ފަތުއަޑުގައި ދަމުން ދަމުން ގޮސް 100،000 އަށް ވުރެ ވެސް މައްޗަށް ދާނެ ކަމަށް ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރި އިރު ޕީއެންސީގައި ތިބި މެމްބަރުންގެ އަދަދަކީ 3،022. އެވެ. އެހެންނަަވެސް ވެރިކަމަށް އައިތާ  މަސް ދުވަސްތެެރޭގައި އެ އަދަދުވަނީ 40،000 މައްޗަށް އަރާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ ޕީއެންސީއަށް އެއްވެސް މެމްބަރެއް ގަދަކަމުން ވައްދާގައި ނުވާނެކަމަށެވެ. ޕާޓިއާ ގުޅުނު ހުރިހާ މެމްބަރުން ގުޅުނީ ފުރިހަމަ ރުހުމުގައިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މިދިޔަ ޖޫންމަގު އާއްމުކުރި ހިސާބުތައް ދައްކާގޮތުން ޕީއެންސީގައި ތިބި މެމްބަރުންގެ އަދަދަކީ 67،579 އެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގަ އެވެ. އެޕާޓީގެ މެމްބަރުންގެ އަދަދަކީ 55399 އެވެ. ރައީސް ޔާމީންގެ ޕީއެންއެފްގައި ތިބީ 3137 މެމްބަރުން ނެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް