މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ދެ ބޭފުޅަކު އައްޔަންކުރި ކަމަަށް ޕީސީބީން ބުނިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ސަރުކާރުގެ ބައިވެރިވުން ނެތި ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގޭނެ އޮނިގަނޑެއް ގާނޫނު އަސާސީގައި ކަނޑައެޅުމަށް ގޮވާލައިފަ އެވެ. އަދި ކުންފުނިތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ޕީސީބީއަކީ ސަރުކާރުގެ ކޮންޓްރޯލް ނެތް ތަނަކަށް ހެދުމަށް ގޮވާލާފަ އެވެ.
'އެދޭ ރާއްޖޭ'ގެ ހުށަހެޅުން:
ވަކި ސިޔާސީ ފަރާތްތަކަށް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ފައިދާ ހޯދުމާއި، ކުންފުނިތަކުން ކޮރަޕްޝަން ނައްތާލުމަށް ތިރީގައިވާ ކަންކަން "އެދޭ ރާއްޖެ" ހަރަކާތުން ހުށަހަޅަމެވެ.
މީގެ ނަތީޖާއަކީ ދައުލަތުގެ ބޭނުމަށް ވުރެ ރައީސްގެ އަމިއްލަ މަސްހަލަތާއި މަންފާއަށް ކުންފުނިތަކުން ކުރަމުންގެންދާ ހޭދަ ނިމުކަށް ގެނެސް ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގުން ހަރުދަނާވުން ކަމަށް އެދޭ ރާއްޖެ ޓީމުން ވަނީ ބުނެފަ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ:
1. ގއ. ވިލިނގިލި، ވިޜަން، ބުޝްރީ މުހައްމަދު
2. ގއ. ނިލަންދޫ، ވައިލެޓްވިލާ، ނާސިހް އިބްރާހިމް
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ފައިދާވާ ކުންފުނިތަކެއްގެ ގޮތުގައި ކުންފުނިތައް ހިންގޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް - ރައިޓްސައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ރައިޓްސައިޒް ކުރުމަށް މުވައްޒަފުން ވަކިކުރާނީ އެ މުވައްޒަފެއްގެ ކުލައަށް ނުވަތަ ސިޔާސީ ވިސްނުމަށް ބަލައިގެން ނޫން ކަމަށެވެ. ވަކިކުރާ މުވައްޒަފުންނަށް އިތުރު ގޮތެއް ހޯދިއިދިނުމަށް އިންތިޒާމު ހަމަޖެއްސީ އެއިން ކޮންމެ މީހަކީ ވެސް ދިވެހި ދަރިއަކަށް ވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.