ads
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
ޖީއެސްޓީ އިސްލާހަށް އަމަލު ކުރުން ފަސްކުރަން އެދިއްޖެ
އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

ޖީއެސްޓީ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ މި ބިލު ރައީސް ތަސްދީގުކުރައްވާފައިވަނީ މިދިޔަ މަހުގެ 31 ގައެވެ މި އިސްލާހާ ގުޅިގެން ކުރިމަތިވާނެ މާލީ އަދި އިދާރީ ގޮންޖެހުންތަކާ މެދު ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ ޖަމިއްޔާ ތަކުން އަދި ވިޔަފާރި ޔޫނިއަން ތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. މަޝްވަރާއެއް ނެތ "ކުއްލި ކުއްލި އަށް ތަފާތު ނަންނަމުގައި ޓެކްސް" ނަގަން ފެށުމަކީ ރާއްޖެ ވިއްކުން ހުއްޓާލާ، ރާއްޖޭގެ ވާދަވެރި މާކެޓުތަކަށް އެ ވިޔަފާރިތަކުން އެނބުރެން ޖެހިދާނެ ކަމެއްގެ ގޮތުގައި އެ މީހުން ފާހަަގަކުރެ އެވެ. 

މީގެ އިތުރުން، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ %40 ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މިހާރު ތަންފީޒު ކުރަން ފަށާފައިވާއިރު، އެ އިސްލާހާ މެދު ރިސޯޓު އިންވެސްޓަރުންގެ ކަންބޮޑުވުންތައް ވެސް އެބަހުއްޓެވެ

ޓޫރިޒަމް ދާއިރާ އިން އަލަށް ނަގަން ނިންމި ޓެކްސްތަކުގެ ސަބަބުން ދައުލަތަށް 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅި މައްސަލައިފައި ބުނެފައި ވަނީ ބޭރު ގައުމުތަކުގައި ހިންގާ ވިޔަފާރިތަކުގެ އަގުތަކާއި މާކްއަޕްތަކާއި ޗާޓަރު އުދުހުންތަކުގެ ހިސާބުތައް ބަލައި ކަވަރު ކުރުމަކީ މީރާއަށް އަމަލީ ގޮތުން ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.

އަދި ބޭރުގެ ބޮޑެތި ޓޫރިޒަމް ޖަމިއްޔާތަކުންނާއި މަޓާޓޯއިން އަލަށް ނިންމާފައިވާ ޓެކްސް ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ކުރު މުއްދަތާއި އޭގެ ސަބަބުން ވިޔަފާރިތަކަށް ލިބިދާނެ ގެއްލުންތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ކަމަށްވެސް މި ސިޓީގައި ބުނެފައިވެ އެވެ.

ކުޑޫ ވަނީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައި އިރު، ދިވެހި ސަރުކާރުން އިގުތިސާދީ ގޮތުން ކުރާނެ އަސަރުތަކުގެ ދިރާސާއެއް ނުވަތަ މާކެޓް ރިސްކް އެނަލިސިސްއެއްގެ އިތުރުން ކަމާބެހޭ ބޭރުގެ ފަރާތްތަކާ ގުޅިގެން ހަދަންޖެހޭ ފީޒަބިލިޓީ ސްޓަޑީއެއް ހަދާފައި ނުވާކަން ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް