ads
"ޝާކް އައިލެންޑް"ގެ ގޮތުގައި ނެޓްފްލިކްސްއިން މި ދައްކަނީ ފުވައްމުލައް
ފުވައްމުލަކު ބޭރުގައި ޑައިވްކުރަމުން ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ
ފުވައްމުލައް ކައިރިއަށް ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މިއަދު މަރުވެއްޖެ އެވެ.
Advertisement

އެނގިފައިވާ ގޮތުގައި މަރުވީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިޔަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް މޫދުން ނަގައިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:18 ހާއިރު ކަމަށެވެ. 

ކަޒަކިސްތާނަށް ނިސްބަތްވާ މި ފަތުރުވެރިޔާ މަރުވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. 

ރާއްޖޭގައި ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ދޭތެރެ ދޭތެރެއިން ފަތުރުވެރިން މަރުވެ އެވެ. އެފަދަ ހާދިސާތައް މަދުކުރަން ކަމާބެހޭ އެކި ފަރާތްތަކުން މަސައްކަތްކޮށް، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;