ads
ރައީސް މުއިއްޒު އާއި ޕްރައިމް މިނިސްޓަރު މޯދީ
އިންޑިއާއަށް ބާކީ ދައްކަން އޮތް 50 މިލިއަން ޑޮލަރު މިއަދު ދައްކައިފި، 150 މިލިއަން ދައްކާ ނިމުނީ
މިދިޔަ ސަރުކާރުން އިންޑިއާ އަތުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ދައްކައިފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު ހުރިއިރު، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.

އެ މިނިސްޓްރީން ބުނީ، ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާ އެކު މަސައްކަތް ކުރުމަށެވެ. އެގޮތުން:

  • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ގަވާއިދުން ފައިސާ ޖަމާކުރުން.
  • ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުން.
  • ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާ އެކު އުފެއްދުންތެރި އަދި މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިއަށްދިއުން.
"މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުމެއް ލިބޭނެ" ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ސަރުކާރުން އިންޑިއާ އަތުން ވަނީ 150 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަަ އެވެ. 

ލޯނު ދައްކާ ނިންމި ގޮތް

ފުރަތަމަ 50 މިލިއަން ޑޮލަރު ދެއްކީ 2024ގައި

ދެވަނަ 50 މިލިއަން ޑޮލަރު ދެއްކީ 11 މެއި 2026 ގައި

ތިންވަނަ 50 މިލިއަން ދެއްކީ މިއަދު 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ދައްކައި މިއަދު ހަލާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމުމާ އެކު، މި 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;