ads
ހޫތީންނާއި އެމެރިކާގެ ސިއްރު ބައްދަލުވުމެއް ބާއްވައިފި
އެމެރިކާގެ އޮފިޝަލުން ހޫތީންނާ ސީދާ މަޝްވަރާތަކެއް ބާއްވައިފި
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން މަންދޫބުންނާ އެކު އެމެރިކާގެ އޮފިޝަލުންތަކެއް ސިއްރު ބައްދަލުވުމެއް ބާއްވައިފި އެވެ.
Advertisement

މިކަން ހާމަވެފައި މި ވަނީ، އީރާނުގެ މަދަދުލިބޭ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގެ އައްސޭރިފަށުގެ މުހިންމު ސަރަހައްދުތަކެއް ހިފައި، ސައުދީ އަރަބިއްޔާއިން ވާގިވެރިވާ ލަޝްކަރުތަކުގެ މައްޗަށް ގަދަވެގެންފައި ވަނިކޮށެވެ. 

މި ސިއްރު މަޝްވަރާތައް ކުރިއަށްދިޔައީ އުމާންގެ ވެރިރަށް މަސްކަޓްގައި ހުންނަ އެމެރިކާ އެމްބަސީގައި، މިދިޔަ ހަފްތާ ބަންދުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ބައްދަލުވުން އިންތިޒާމުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ އޮމާން ސަރުކާރުންނެވެ.

އެމެރިކާ އިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހޫތީ ޖަމާއަތާއެކު ބައްދަލުވުމެއް ބޭއްވިކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ. އެކަމަކު ހޫތީންނާ ވާހަކަދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ކުރިން ވިދާޅުވެފައިވެ އެވެ. 

އެމެރިކާއިން މާޗު 2025ގައި ހޫތީންނަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އޭގެ ފަހުން އެ ގްރޫޕާ އެކު ވަނީ މަޝްވަރާކޮށްފަ އެވެ. ރަތް ކަނޑުގެ ދަތުރުތަކަށް ދޭ ހަމަލާތައް ހުއްޓުވުމުގެ މަގުސަދުގައި ދެ ފަރާތުން ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގުޅިގެން، މޭ 2025ގައި އެމެރިކާއިން ހޫތީންނާ ދެކޮޅަށް ހިންގި ބޮން އެޅުމުގެ ކެމްޕޭން ވަނީ ނިމުމަކަށް އައިސްފަ އެވެ.

ހޫތީން ފަހުން ހޯދި މި ކުރިއެރުންތަކާ ގުޅިގެން، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް އެދިފަ އެވެ. ނަމަވެސް ޔަމަނުގައި އަލުން ފެށުނު ހަނގުރާމައިގައި ސީދާ ބައިވެރިވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެމެރިކާއިން ވަނީ މިހާތަނަށް ރިޔާދަށް އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;