ads
އިނގުރައިދޫގައި ފެންބޮޑުވެ ވެލި ބަސްތާ ޖަހަނީ
އިނގުރައިދޫ 30 ގެއަކަށް ފެންވަދެ 15 ގެޔަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިނގުރައިދޫ 30 ގެއަކަށް ފެންވަދެ 15 ގެޔަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފި އެވެ.
Advertisement
އެންޑީއެމްއޭއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓްތައް އެ އޮތޯރިޓީއަށް ލިބެމުންދާކަމަށެ ވެ. 

އެގޮތުން އިއްޔެ ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ގާތްގަނޑަކަށް 30 ގެއަކަށް ފެންވަދެ، އޭގެ ތެރެއިން 15 ވަރަކަށް ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލާއި ހަވާލީ އެންޑީއެމްއޭއިން ބުނެ އެވެ. 

ގޭގެއަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ފެންހިއްކުމުގެ މަސައްކަތް ކައުންސިލާއި ރަށުގެ މުއައްސަސާތައް އަދި ރައްޔިތުން ގުޅިގެން މިހާރުވެސް ދަނީ ކުރަމުންކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. މީގެއިތުރުން، ފެންބޮޑުވުމާ ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. އުތުރުގެ ރަށްތަކުގެ ތެރެއިން ރ. ރަސްމާދޫ، ރ. އިނގުރައިދޫ އަދި ޅ. ނައިފަރުގައިވެސް ވަނީ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;