ads
ދަރިފުޅު - 54 ވަނަ ބައި
އެޕިސޯޑް 54
Advertisement

ވަށައިގެންވާ މާހައުލާއި އެކުގައި އުޅޭ  މީހުންނަށް ސަމާލުކަން ނުދީ އަހަރެންނާއި ރަހްމަތްތެރިވުމަށް އެހެން މީހުންނަށް ފުރުސަތު ނުދޭ ކުއްޖެއްކަމަށް، މަންމަ ބުނާތީ އޭރު މައްސަލަވެސް ޖައްސަމެވެ. އެކަމަކު އެއީ ދޮގުކުރެވެން ނެތް ހަގީގަތެއްކަން މިއަދު ގަބޫލުކުރަމެވެ. އަބަދުވެސް މަންމަ ގަބޫލުކުރަމުން އައީ އަހަރެންނަކީ ކިތަންމެ އެކަހެރި މިޒާޖެއްގެ ކުއްޖަކަށްވިޔަސް، އަހަރެންގެ ވަށައިގެން ލާފައިވާ ބިއްލޫރި ފްރޭމް ފުނޑުކޮށްލާނެ ވަގުތެއް އަންނާނެ ކަމަށެވެ. 

އެކަން ކުރާނީ އަހަރެން ހިތް އެދޭ ބައިވެރިޔާ ކަމާއި އެވަގުތަކީ ހުރިހައި ހަތިޔާރެއް ބަހައްޓައި އަހަރެން އަމާންވެސް ދޭނެ ވަގުތުކަމަށް މަންމަ ބުނެފައިވޭ އެވެ. ހަގީގަތަކީވެސް އެއީ އެވެ. 

މަޑުމަޑުން އަހަރެންގެ ކޮންޓޮރޯލް އަމިއްލަ އަތުން ބީވަމުންގޮސް ކައިރާއަކީ އަހަރެންގެ ހިތުގެ ތެޅުމާއި ވިންދު ކަމުގައި ހަމަޖެހުނު އިރު، އަހަރެން ހިފަހައްޓައިގެން ހުރި ހުރިހައި އުސޫލެއް ބަދަލުވެ ނިމިއްޖެ އެވެ.

"މާލިކް" މޭގެތެރޭގައި ބޮނޑިވެލައިގެން އޮވެ، ކުޑަކޮށް ބޯ ދިއްކޮށްލާފައި ނުހަނު ލޯބިން ގޮވައިލި އަޑު އިވުނެވެ.

ހޫމް އަޅުވައިލުން ފިޔަވައި އިތުރު އެއްޗެއް އަހަރެން ނުބުނަމެވެ. 

"އައި ލަވް ޔޫ ސޯ މަޗް" އަހަންނަށްޓަކައި ކައިރާގެ ހިތުގައިވާ ލޯބި ހާމަކުރުމަށް، އަހަރެންގެ މޭގައި ކިސް ކޮއްލާފައި  ބުނެލި އެވެ.

"އައި ލަވް ޔޫ މޯ" ހިތުގެ އެންމެ ފުން މިނުން އަހަރެންވެސް އިއުތިރާފްވީމެވެ.

ކުރިއަށްވުރެން މާބޮޑަށް ގަޔާއި ކައިރިކޮށްލީމެވެ.

"ގެއަށް ދާން ބޭނުން..؟"

"ހޫމްމމ.. ބީނިޝް ދެކިލަން ބޭނުން" 

ކައިރާގެ ދުލުން ބުނެލުމާއެކު މި ހިތްގައިމު ވަގުތުގެ ނިމުން އައީކަން އިހްސާސްވި އެވެ. ލޯބި ކުރުމާއި ލޯބި ދިނުމަކީ ކޮބައިކަމާއިމެދު އަހަރެން އިތުރަށް އުފައްދާނެ ސުވާލެއް ދެން ނެތެވެ. 

ފާއިތުވެގެން މިދާ ރެއަކީ އަހަރުމެން ދެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި ރެ އެވެ. ހަނދާންތަށް މާޒީއަށް ރައްކާކުރުމުގެ ކުރީން، އެވަގުތުތަކުގެ އުފާ އަދި އެއް ފަހަރު ލިބިގަތުމަށް އަހަރެން އިސްނެގީމެވެ.

..........

ހުޅުމާލެއިން މާލެއަށް އައީ ހިމޭން ދަތުރެއްގައި އެވެ. އެކަކުވެސް އަނެކަކާއި އަނގަޔަކުން ނުބުނަމެވެ. ގަސްތަކު ނޫނެވެ. އަހަރެމެން ދެމީހުންގެ ހަޔާތުގައި މާޒީވި ދުވަސްތަކާއި ކުއްލިޔަކަށް ލިބުނު އެތަށް އުފަލަކާއި އަރާމެއް އަޅާކިޔުމަށް ވަގުތުކޮޅެއް މުހިއްމުވީ އެވެ. 

ދޭތެރެއަކުން ކައިރާގެ އަތާއި ފަލަމަސްގަނޑުގައި އަހަރެން ފިރުމާލަމެވެ. އެއީ އަހަރެމެންގެ ހިމޭން މި ވަގުތުގައި ނުހަނު ހިތްހަމަޖެހުން ލިބިދިންކަމަކަށް ވި އެވެ.

...........

ގަޑިން ހެނދުނު ހަތެއް ޖެހީ އެވެ. 

ބަންދު ދުވަހަކަށް ވާތީ މި ގަޑީގައި ފަހަދު ހޭލާ ނޫޅޭނެކަން ޔަގީނެވެ. އެކަމަކު ބީނިޝްއަކީ ނުގޮވިޔަސް ފަތިސް ނަމާދަށް ހޭލާ ކުއްޖެކެވެ. ދޮރު ހުޅުވައިލުމުގެ ކުރީން، ދޮރުގައި ކަންފަތް ޖަހައިލީމެވެ.  

ގޭތެރޭގައި މިގަޑީގައި 'ހިމޭންކަން' އޮތުމަކީ ހައިރާންވާން ޖެހުނު ކަމެކެވެ. 

އަހަރެން ދޮރުހުޅުވާލުމުން ފުރަތަމަ އެތެރެއަށް ވަނީ ކައިރާ އެވެ. ކައިރާގެ ފަހަތުން އަހަރެންވެސް ވަނީމެވެ. އެތެރެއަށް ވަދެ ބޮކިތަށް ދިއްލައިލުމާއެކު އަހަރެންނަށްވުރެން ކުރީން އަނގަމަތީގައި އަތް އެޅީ ކައިރާ އެވެ.

ކުޑަވަރެއްގެ ތޫފާނެއް އަރައިފައިވާ ތަނެކޭ މި ސިޓިންގރޫމްއެކޭ ތަފާތެއް ނެތެވެ.

އެކި ވައްތަރުގެ މެޓާޔާއި ޗޮކްލެޓާއި ޕޮޕްކޯނާއި ޕިއްޒާ ފޮށިތައްވެސް މުޅި ސިޓިންގ ރޫމް ހަރާބު ކުރުމުގައި ތަފާތެއް ނެތެވެ. އެންމެ އެތެރެއަށް ހުރި ސޯފާގައި ފަހަދުގެ ގައިމަތީގައި ބީނިޝް އޮތީ ނިދާފަ އެވެ. ވާތް ފަރާތުން ހުރި ސޯފާގައި ސަންދަލް ނިދާފައި އޮތެވެ. 

ޓީވީ ގައި ހުރި ޗެނަލް 'ސްޓަކް' ނުވެ ހުރިނަމަ އެއަޑުވެސް ފުދޭވަރަކަށް ހުންނާނެކަން އަހަރެންގެ ހަވަނަ ހިއްސު ބުނެލި އެވެ.

"އައި ކާންޓް ބިލީވް ދިސް" ފައި ދޮށަށް ބަލަމުން މަޑުމަޑުން ކައިރާ ބުނެލީ، ފެންނަމުން ދިޔަ މަންޒަރު ހަގީގަތުގައިވެސް އޭނާއަށް ގަބޫލު ނުކުރެވޭތީ އެވެ. 

"ﷲ ގަންދީ ބުނަން، އަހަރެން ފަހަދު ލައްވާ ވައުދުވެސް ކުރުވިން، ގޭތެރެ ރީތިކޮށް ބޭއްވުމާއި ބީނިޝް ހޭލައިފިއްޔާ މިލްކް ތަށި ދީފައި އަލުން ނިންދަވަން.. ތަކުރާރުކޮށް ބުނިން، ގޭތެރޭގައި ގޮނޑު ނުހައްދައްޗޭ.. މީ އަހަރެންގެ ކުށެށް ނޫން...." އަހަރެންގެ ސަލާމަތް ހޯދޭތޯ ދިފާއުގައި ވަކާލާތު ކުރާން ފެށުމުން ނުރައްކާތެރި ގޮތަކަށް ކައިރާ އަހަންނާއި ދިމާއަށް ބަލައިލި އެވެ. 

"މިއީ ބީނިޝްވެސް ބައިވެރިވެގެން ކޮށްފައި އޮތްކަމެއްކަން ހަމަރަގަޅަށް މާލިކްއަށްވެސް އެނގޭނެ.. ހަމަ އެކަނި ބޭބެ އާއި ސަންދަލް ކުއްވެރި ނުކުރައްޗޭ.. ޔަގީން މެންދަމު ހޭލިގޮތަށް ނުނިދާ ޕާޓީ ބާއްވާފައި މިއޮތީ.." ޔަގީންކޮށްފައި ކައިރާ އެބުނީ ތެދުކަން އަހަރެންވެސް ގަބޫލުކުރަމެވެ. އެކަމަކު ބީނިޝް ދިފާއުކުރަންވެސް އެބަޖެހެ އެވެ. 

އިއުތިރާފް ވެވެން ނެތީ ބީނިޝްއާއެކު ހަދާފައިވާ ޑީލްގެ ސަބަބުންނެވެ. އެވާހަކަވެސް ކައިރާ ގާތުގައި ނުބުނެވޭނެ އެވެ. ކުށްވެރި ވުމުގައި ބީނިޝްއާއި އަހަރެންވެސް ހަމަހަމަ ވާނެތީ އެވެ.

"ބޯ ހަލާކު.... އުމްމްމމ.. ފުރަތަމަ ހިނގާ އެއްޗެހި ބަދަލުކުރަން.." ކައިރާއާއި އެއްބަސްވަމުން އޭނާގެ ފަހަތުން ކޮޓަރިއާއި ދިމާއަށް އަހަރެންވެސް ހިނގައިގަތީމެވެ. 

އެއްޗެހި ބަދަލުކުރުމަށް ކައިރާ މިސްރާބުޖެހީ ފާހާނާއާއި ދިމާއަށެވެ. އަހަރެންގެ އެއްޗެހި ބަދަލުކުރީ ކޮޓަރީގައި އެވެ. ހައިރާންވާން ޖެހުނު ސަބަބީ އަހަރެންގެ ހަށިގަނޑުގައި ވަރުބަލިކަމެއް ނެތީތީ އެވެ. ނުނިދާ އުޅޭތާ ދެ ރޭ ވީ އެވެ.

އެކަމަކު މިވަގުތު ވަރަށް ހާޑު ކޮފީއެއް އަހަރެން ބޭނުމެވެ.

ވަރުބަލިކަމާއެކު އެނދުމައްޗަށް ވެއްޓިގަތީމެވެ.

މިއަދަކީ އަހަންނަށް ބޮޑު ދުވަހެކެވެ. 'ޑީލް'ގެ ދަށުން ކައިރާގެ 'ފޭކް' މައިންބަފައިންނާއި ބައްދަލުކުރުމަށް އަހަރެންގެ އޮފީހަށް އައުމަށް ވާނީ ދައުވަތު ދީފަ އެވެ. އެމީހުންގެ ދިރިއުޅުމުގައި ކުރި ހުރިހައި ނުބައިކަމެއްގެ ރަހަ އެމީހުންގެ ކަރުގައި ލައްވާނަމެވެ. ނަމަވެސް އެމީހުންގެ ހިޔަނިވެސް ކައިރާއާއި ހަމައަށް އެޅުނަ ނުދޭނަމެވެ. މިޒާތުގެ ކަންކަން ކައިރާއާއި ސިއްރުން މިގޮތަށް ކުރުމަކީ އަހަންނަށް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެ ދެމައިންގެ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަމެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;