ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު "އިންޓްރެސްޓިންގް އިންޖިނިއަރިންގް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މޮބައިލް ޔުނިޓްތައް މަސައްކަތް ކުރާނީ އިންސާނުންގެ ސިފައަށް ހަދާފައި ހުންނަ ރޮބޮޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށެވެ.
މި ހާއްސަ އުޅަނދުތަކުގައި ހުނަރުވެރި އިންޖިނިއަރުންނާއި، ރޮބޮޓް މަރާމާތުކުރުމަށް ބޭނުންވާ އެންމެ ޒަމާނީ އާލާތްތަކުގެ އިތުރުން ރޮބޮޓްތަކުގެ ސްޕެއާ ޕާޓްސްތައް އަބަދުވެސް ތައްޔާރީ ހާލަތުގައި ހުންނާނެއެވެ. އަދި މަސައްކަތު މާހައުލުގައި ބޭނުންކުރާ ރޮބޮޓަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ލަސްތަކެއް ނުވެ އެ ތަނަކަށް މި އެމްބިއުލާންސް ދަތުރުކޮށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މި އާ ހިދުމަތާ ގުޅޭގޮތުން ޖީއެމްއޯ އެއާ ގެ އިންޖިނިއަރެއް ކަމަށްވާ ޝޯޓާ ތަކިޒަވާ ވަނީ މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައެވެ. އޭނާ ބުނީ މި ހިދުމަތުގެ ސަބަބުން ރޮބޮޓްތައް ބޭނުންކޮށްގެން ހިންގާ މަސައްކަތްތަކަށް އެއްވެސް މެދުކެނޑުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"މި ހިއުމަނޮއިޑް 'އެމްބިއުލާންސް' ގެ ސަބަބުން، ހަލާކުވެފައިވާ ރޮބޮޓް ހުރި ތަނަކަށް އާ ރޮބޮޓެއް ގެންގޮސް ވަގުތުން ބަދަލުކޮށްދެވޭނެ،" ތަކިޒަވާ ބުނެފައި ވެއެވެ. އޭނާ ފާހަގަކުރި ގޮތުގައި މިފަދަ އަވަސް ހިދުމަތެއް ލިބުމަކީ ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.
ޖަޕާނަކީ ދުވަހުން ދުވަހަށް ދިރިއުޅުމުގެ އެކި ދާއިރާތަކުގައާއި މަސައްކަތުގެ މާހައުލުގައި ހިއުމަނޮއިޑް ރޮބޮޓްތައް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ އެއް ގައުމެވެ. އެހެންކަމުން، މިފަދަ އެމްބިއުލާންސް ހިދުމަތެއް ތައާރަފްކުރުމަކީ އެ ގައުމުގެ ރޮބޮޓިކްސް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި މި ޓެކްނޮލޮޖީ އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;