ރައީސް މުއިއްޒު ނެރުއްވި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އިސްލާމްދީނުގެ އެންމެ މުގައްދަސް ރަށުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެއީ މުޅި އިސްލާމީ އުންމަތަށް ދެވޭ ވަރަށް ބޮޑު ހިތާމައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ އޮތީ ސައުދީ އަރަބިއްޔާއާ އެކުގައި ކަމަށާއި، މައްކާގެ ރައްކާތެރިކަމާއި އެ ރަށުގައި ތިބި އުމްރާވެރިންނާއި އާންމުން ހިމާޔަތްކުރުމަށް ސައުދީ އަރަބިއްޔާގެ ރޯޔަލް އެއާ ޑިފެންސް ފޯސްއިން ކުރި އަވަސް މަސައްކަތަށް ރައީސް ވަނީ ތައުރީފުކުރައްވާފަ އެވެ.
ޔަމަންގެ ހޫތީ ހަނގުރާމަވެރިން މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް އެ ސަރަހައްދަށް ވަނުމުގެ ކުރިން ވައްޓާލާފައިވާ ކަމަށާއި އަދި ހަމަލާތަކުގެ ނުރައްކާ ދެ ހަރަމްފުޅާއި އަޅުވެރިންނަށް ފޯރަން ފަށައިފިނަމަ އެއީ ރަތް ރޮނގު ފަހަނަޅައި ދިއުން ކަމަށް ސައޫދީން އިސްވެ އުފައްދާފައިވާ ކޯލިޝަނުން ވަނީ ބުނެފަ އެވެ.
އެކަމަކު ހޫތީން އެ ހަމަލާ ދިން ކަމަށް އެ މީހުން އިންކާރު ކުރެ އެވެ. އަދި ހޫތީން ބުނީ އެ މީހުން ހަމަލާ ދެނީ ސައޫދީގެ ތެލުގެ ވަސީލަތްތަކަށް ކަމަށާއި އެއީ މައްކާ އާއި މަދީނާއާ ވަރަށް ދުރު ކަމަށް ހޫތީން ބުނެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;