ads
އުމުރުން 70 އަހަރުގެ މީހާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަނީ
ބައްޕައަށް އަޅާނުލާ ނިކަމެތިކޮށް އެކަނި ދޫކޮށްލި ދަރިންނަށް ފިޔަވަޅު އަޅަން އެދުނުތޯ ބަލަނީ
އަޅާނުލުމުގެ ސަބަބުން ނިކަމެތި ހާލުގައި އުޅެން ޖެހުނު 70 އަހަރުގެ މީހާގެ ދަރިން އެމީހައަށް އަޅާނުލާ ދޫކޮށްލި މައްސަލާގައި ދަރިންނަށް ފިޔަވަޅު އަޅަން އެދިފައިވޭތޯ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހެލްތް މިނިސްޓަރު ގީލާ އަލީއާ ސުވާލުކުރައްވައިފި އެވެ.
Advertisement

ގދ. ފަރެސްމާތޮޑާގައި ވަރަށް ނިކަމެތި ހާލުގައި އުޅެމުން ދިޔަ އުމުރުން 70 އަހަރުގެ މީހާ އެ ހާލުގައި އުޅޭތާ 2 އަހަރުފަހުން މިދިޔަ މަހު ސަރުކާރުން ހަވާލުވެފއިވާކަމަށް ފުލުހުން ވަނީ ހޯމަ ދުވަހު ބުނެފަ އެވެ. މި މިހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ އެނާގެ އެއްވެސް ދަރިއަކުވެސް އަޅާ ނުލުމުންކަމަށް އެރަށު ކައުންސިލުން ވަނީ ބުނެ އެވެ.    

މިކަމާއި ގުޅިގެން މަޖިލީހުގެ ގަލޮޅު އުތުރުދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އާއިލާއާ ބެހޭ ގާނޫނުގެ 57 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ ދަށުން މައިބަފައިންނަށް އަޅާނުލާ ދަރިންނަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީން ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކަށް މައްސަލަ ހުށައެޅުންވިތޯ ސާފުކޮށްދެއްވުމަށް ހެލްތު މިނިސްޓަރު އަރިހުން އެދިވަޑައިގެންފަ އެވެ. 

ކުޑޫ ލިޔުމުން ޖަވާބު ހޯދުމަށް އެދި ފަސް ސުވާލެއް ހެލްތު މިނިސްޓަރު ގީލާ އަލީއަށް ވަނީ ފޮނުއްވާފަ އެވެ. 

ކުޑޫ ސާފުކޮށްދިނުމަށް އެދުނު ކަންކަން 

  1. ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޖާގަ ނެތްކަމަށް ބުނެ އެކަނިވެރި މީހަކު ނިކަމެތިކޮށް ދޫކޮށްލުމަކީ ދައުލަތުގެ އިހްމާލެއް ނޫންތޯ؟ އަދި މިފަދަ މަރުކަޒުތަކުގައި ޖާގަ އިތުރުކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތަކީ ކޮބައިތޯ؟ 

  2. މަރުކަޒުތަކުން ޖާގަ ނުލިބޭ ހާލަތްތަކުގައި ރަށު ފެންވަރުގައި ވަގުތީ އެހީތެރިއަކު ހަމަޖައްސައިދީގެން ބެލެހެއްޓޭނެ ' އެމަރޖެންސީ އެލްޑަރ ކެއަރ ޕޮލިސީ' އެއް ނިޒާމުގެ ތެރޭގައި ނެތީ ކީއްވެގެންތޯ؟ 

  3. އާއިލާޢަ ބެހޭ ގާނޫނުގެ 57 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ ދަށުން މައިބަފައިންނަށް އަޅާނުލާ ދަރިންނަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީން ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކަށް މައްސަލަ ހުށައެޅުންވިންތޯ؟

  4. ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާއިރު ސަރުކާރުން ލޯންގް ޓަރމް ކެއަރ ނުވަތަ ދާއިމީކޮށް އެހީތެރިކަންދޭނެ ގައުމީ ނިޒާމެއް ގާއިމުކުރުން ލަސްވަނީ ކީއްވެތޯ؟ 

  5. އިޖުތިމާއި ރައްކާތެރިކަމުގެ ބަޖެޓުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކުރެވިފައިވަނީ ކިހާ މިންވަރެއްތޯ؟ އަދި އަތޮޅު ތެރޭގައި ތިބެގެން މިފަދަ މީހުން ދެނެގަނެވޭނެ ނިޒާމެއް ނެތީ ކީއްވެތޯ؟    

    މި މިހާގެ ހުރިހާ ދަރިން އުޅެނީ މާލޭގަ އެވެ. އެހެންނަމަވެސް އެ މީހާ ރަށުގައި އެކަނިމާ އެކަނި އަޅާލާނެ މީހަކު ނެތި އުޅޭތާ މިހާރު ވަނީ ގާތްގަޑަަށް 7 އަހަރު ވެފަ އެވެ. 

    ވެލްފެއާ މިނިސްޓަރީގެ ދަށަށް މި މީހާ މިިދޔަ މަހުގެ 22 ވަނަދުވަހު ގެންދިޔައިރު އެޟިހާ ނިކަމެތި ހާލުގައި ރަށުގައި އުޅޭތާ ގާތްގަޑަކަށް ހަތްވަރަކަށް އަހަރުވެފައިވާކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.  އެމީހާއަށް މިދިޔަ ދުވަސްތަކުގައި ކާން ބޯން ދީ ހެދީ ރަށުގެ ކައުންސިލުންނާއި އެމީގެ އަވައްޓެރިން ކަމަށް އެރަށު މީހުން ބުނެ އެވެ. ދަރިން މާލޭގައި އުޅޭ އަދި އަނބިމީހާ ނިޔާވެފައިވާ މި މީހާ އުމުރުން ދުވަސްވެ ގައި ބާރު ދެރަވެފައި ވުމުން މިިދިޔަ ދެ އަހަރެއްހާ ދުވަހު އެ މީހާ އުޅުނީ ވަރަށް ބަލިވެ ވަރަށް ނިކަމެތިކޮށް ކަމަށް އެރަށު މީހުން ބުނެ އެވެ.





100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;