ads
މޯލްޑިވިއަންގެ ކެބިން ކުރޫތަކެއް. އެއާލައިނާއި ގުޅެން ބޭނުންވާ ޒުވާނުންނަށް ފުރުސަތު މިވަނީ ހުޅުވާލާފައި
ކެބިންކުރޫ ހޯދަން މޯލްޑިވިއަންގެ އިންޓަވިއުތައް މާލެ، އައްޑޫ، އަދި ކުޅުދުއްފުށީގައި
ގައުމީ އެއާލައިން މޯލްޑިވިއަންއަށް ކެބިން ކުރޫ ހޯދަން ވޯކިން އިންތަވިއުތަކެއް ބާއްވަން ނިންމައިފި އެވެ.
Advertisement

އެކުންފުނިން ބުނީ ކެބިން ކްރޫ ނެގުމަށް މިފަހަރު މާލޭގެ އިތުރުން އައްޑޫ ސިޓީއާ ކުޅުދުއްފުށި ސިޓީގައިވެސް އިންޓަވިއުތައް ބާއްވާނެކަމަށެވެ. އެހެންކަމުން އެ ސިޓީތަކުގައި ތިބި ކެބިން ކްރޫއަށް ވާން ބޭނުންވާ ޒުވާނުނަށް އެ ފުރުސަތު އޮތްކަމަށް މޯލްޑިވިއަނުން ބުނެ އެވެ. 

ކެބިން ކްރޫގެ ޝަރުތުތައް 

  • 18 އަހަރާއި 35 އަހަރުގެ ޒުވާނަކަށް ވުން 
  • 5 ފޫޓް 4 އިންޗި އިސްކޮޅުގައި ހުރުން (ފިރިހެން)
  • 5 ފޫޓް 2 އިންޗި އިސްކޮޅުގައި ހުރުން (އަންހެން)  
  • އޯލެވެލް ނުވަތަ އެއާ އެއް ފެންވަރު
  • ދވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދެއްކުން އެނގުން 
  • މީހުންނާ މުއާމަލާތުކުރުމުގެ ހުނަރު ހުރުން 

ވޯކް-އިން އިންޓަވިއު އޮންނާނީ

  • މާލެ ސިޓީ /  30 ސެޕްޓެމްބަރު

  • އައްޑޫ ސިޓީ /  3 އޮކްޓޯބަރު

  • ކުޅުދުއްފުށި ސިޓީ / 3 އޮކްޓޯބަރު

މި މަގާމަށް އެދޭ ޒުވާނުންނަށް މިމަހުގެ 29 ވަނަދުވަހު 1400 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާކަމަށް މޯލްޑިވިއަނުން ބުނެ އެވެ. މަގާމަށް ކުރިމަތިލާން އެދޭ ޒުވާނުން ފޯމް ފުރާފައި ފޮނުވަން މޯލްޑިވިއަނުން އެދެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;