ads
ވަގަށް ރާއްޖެ ވަދެ މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ބޯޓް
ވަގަށް ރާއްޖެ ސަރަހައްދަށް ވަދެ މަސް ބާނަމުން ދިޔަ ބޯޓެއް އަތުލައިގެންފި
ރާއްޖެ ސަރަހައްދަށް ވަގަށް ވަދެ މަސް ބާނަމުން ދިޔަ ބޯޓެއް އަތުލައިގެންފިއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފައިވާކަމަށެވެ.

މި ބޯޓް ސިފައިންގެ ބެލުމުގެ ދަށަށް ގެނައީ މިއަދު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ބޯޓް އަތުލައިގަތީ ކ.ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުކަމަށް ސިފައިން ބުނެ އެވެ. އަދި އެ ބޯޓްގައި 6 މީހުން ތިބިކަމަށާއި އެ ބޯޓު މާލެ ގެނެއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;