ads
މަޖުނޫނުގެ ޕޯސްޓަރު
މަޖުނޫނުގެ ޓީޒަރު އަދި ޕޯސްޓަރު އާންމުކޮށްފި
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ފާތިމަތު ނަހުލާގެ ލޯބީގެ އާ ފިލްމް "މަޖުނޫނު"ގެ ޕޯސްޓަރު އަދި ޓީޒާ ރޭ އާންމުކޮށްފި އެވެ.
Advertisement

ނަހުލާ އަކީ އޭނާ ގެ ފިލްމުތަކަށް ލޯބި ކުރާ އޯޑިއަންސްއަށް ސަޕްރައިސް ތަކެއް ދޭ ޑައިރެކްޓަރެކެވެ. އެހެން ކަމުން މިފަހަރުވެސް އޯޑިއަންސް މި ތިބީ އެކަމަށް ތައްޔާރު ވެގެން ނެވެ.

މި ފިލްމު ލީޑް ކާސްޓުންގެ ގޮތުގައި އަދި އިއުލާނުކޮށްފައިވަނީ ނަހުލާ އެންމެ ފަހުން ނެރުން ފިލްމު "ސޮރީ" އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ލާލި އާއި އެވްލީ ގެ އިތުރުން ލީޑް އެކްޓްރެސް އެއްގެ ގޮތުގައި ފެނިގެންދާ ޝިފާ އަދި ލީޑް އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ ޝާރިފްގެ ނަމެވެ. 

ނަހުލާ ފާހަގަ ކުރި ގޮތުގައި މި ފިލްމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ތެރޭގައި ދިމާވި އެންމެ ބޮޑު ދައްޗަކީ މި ފިލްމުގެ ލީޑް އެކްޓަރު ހޯދުން ކަމުގައި އެވެ. ސަބަބަކީ މި ފިލްމަކީ ރާއްޖެއަށް އާ ވައްތަރެއްގެ ފިލްމަކަށް ވާތީ ކަމަށާއި މި ފިލްމުގެ ލީޑް އެކްޓަރު ތަފާތު މޮޅު އެކްޓިންއެއް ދައްކަން ޖެހޭތީ ކަމަށް އޭނާ ފާހަގަ ކުރި އެވެ.  

މީގެ އިތުރުން މި ފިލްމުގެ ވާހަކަ ލިޔެފައިވާ ގޮތުން އެ ކެރެކްޓާ އަށް ބޭނުންވާ ވަރުގެ އަސަރެއް ގެނެވޭވަރުގެ ބަތަލެއް ހޯދުން އެއީ ވަރަށް ވިސްނަން ޖެހޭނެ ކަމެއް ކަމަށް ނަހުލާ ބުނި އެވެ. 

ނަހުލާގެ "މަޖުނޫނު" އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ މި މަހުގެ 2 ގައި ޕްރީމިއާކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރޮމޭންޓިކް ކޮމެޑީ "މަގޭ ބިޓްގެ ވެޑިން" އެވެ. ދެން އެންމެ އަވަހަށް އެ ސިނަމާގައި އަޅުވާނީ މި މަހުގެ 26 އަށް ތާވަލުކޮށްގައި ޔާރާ ޕްރޮޑަކްޝަންގެ ބިރުވެރި ފިލްމު "ދެވި" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;