ads
ޕީއެންސީގެ އަންހެނުން މަޖިލިހަށް އެންމެ ގިނަ ވޯޓާއި އެކު ހޮވި ސެނަޓަށް ހޮވުނު ޝިއުނާ
ޕީއެންސީ އަންހެނުން މަޖިލިސް ހޮވައިފި، އެންމެ ގިނަ ވޯޓް ޝިއުނާއަށް
ވެރިކަން ކުރާ ޕީއެންސީގެ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިހާބުކޮށްފި އެވެ.
Advertisement

ޕީއެންސީގެ އަންހެނުން އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން ހޮވަންޖެހޭއިރު އެ މަޖިލިހަށް 22 މެމްބަރަކު ކުރިމަތިލި އެވެ. އޭގެތެރެއިން މަޖިލިހަށް ހޮވުނު 10 މެމްބަރުންނަކީ ސަރުކާރުގެ އެކި އޮފީސްތަކުގައި އިސް މަގާމުތަކުގައި ތިބި މީހުން ނެވެ. 

އަންހެނުން މަޖިލިހަށް އެންމެ ގިނަ ވޯޓާއި އެކު އެއްވަނައިގައި ހޮވުނީ މަރިޔަމް ޝިއުނާ އެވެ. އެހެންކަމުން އޭނާ ވަނީ ޕާޓިގެ ސެނަޓަށް ހޮވިފަ އެވެ. ދެވަނައަށް އެންމެ ގިނަ ވޯޓް ހޯދީ ކުރީގެ ސްޕޯޓް ކޮމިޝަނަރު އަދި މިދިޔަ ހޯމަދުވަހު މިނިސްޓަރުން ފެންވަރުގައި ރައީސް އޮފީހަށް އައްޔަންކުރެއްވި މުހައްމަދު ތަލާލްގެ އަނބިކަނބަލުން ޝެރީނާ އަބްދުއްސަމަދު އެވެ. 

އަންހެނުންގެ މަޖިލިހަށް ހޮވުނު މެމްބަރުން ވޯޓް ލިބުނު ތަރުތީބުން 

  1. މަރްޔަމް ޝިއުނާ
  2. ޝެރީން ޢަބްދުއްސަމަދު
  3. އައިޝަތު މުހައްމަދު
  4. ފާތިމަތު މިޒުނާ 
  5. މަރިޔަމް ސާމިޔާ
  6. ފާތިމަތު މުހައްމަދު 
  7. އާމިނަތު ނަމްޒާ 
  8. އާސިޔަތު ރިޔާސާ 
  9. ފާތިމަތު ރުހުސާނާ
  10. އާމިނަތު ޝުހުދާ

މިހާރު ކުރިޔަށްދާ ވެރިކަންކުރާ ޕީއެންސީގެ ކޮންގެރެސްގައި އެޕާޓީގެ ނައިބުކަމަށް 6 ބޭފުޅަކު ވަނީ އިންތިހާބު ކޮށްފަ އެވެ.

ނައިބު ރައީސްކަމަށް ހޮވުނު ބޭފުޅުން 

  • ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު / 968 ވޯޓް 
  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް / 964 ވޯޓް
  • ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ (ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު) / 923 ވޯޓް
  • ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު / 862 ވޯޓް 
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު / 833 ވޯޓް
  • ސަރުކާރުގެ ތަރުޖަމާނު އަދި މެމްބަރު އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް / 780 ވޯޓް 

އިންތިހާބު ބަލިވި ބޭފުޅުން 

  • ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު

  • ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;