ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެޕާޓީގެ ކޮންގަރެސްގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ޕީއެންސީ
އެއް ވެރިއަކަށް މަދުވެގެން ދެ ދައުރު ދޭން ޖެހޭ: އަބްދުއްރަހީމް
ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ ޕީއެންސީއާ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން އަމާޒު ހިފަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، ޕީއެންސީގެ ދެވަނަ ކޮންގްރެެސް ފެށުމުގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުން ގުޅިފައި އޮތީ ޕީއެންސީއާ ކަމަށެވެ. ދިވެހިން ބޭނުންވާ އަމާންކަމާއި އޮމާންކަން ގެނެސްދެވޭނީ ރައީސް މުއިއްޒުގެ ގިޔާދަތުގައި ޕީއެންސީ ދެ ވަނަ ދައުރަކަށް ވެރިކަމަށް އައިސްގެން ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ދިވެހިރާއްޖެއަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި ރާއްޖެ ތަރައްގީގެ މަގުން ކުރިއަރައިގެންދާން ޖެހޭކަމަށް ވިދާޅުވެފަ އެވެ. އަދި ރައްޔިތުން އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ދޭންޖެހޭ ކަމަށާއި ދިވެހި ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދަންޖެހޭ ކަމަށާއި އެ ކަންކަން ކުރެވޭނީ މަދުވެގެން 10 އަހަރު އެއް ވެރިއަކު ވެރިކަމުގައި ހުރެގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"ދިވެހިރާއްޖެއަށް ހަމަޖެހުން އަންނަން އެބަޖެހޭ، ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރިއަރައިގެންދާން އެބަ ޖެހޭ. ދިވެހި ރައްޔިތުން އަމާންކަމާ އެކީގައި ދިރިއުޅުމުގެ ފުރުސަތު ދޭން އެބަ ޖެހޭ. ދިވެހިރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދަން އެބަ ޖެހޭ. މިކަން ކުރެވޭނީ 10 އަހަރު، މަދުވެގެން 10 އަހަރު އެއް ވެރިއަކު ރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންގްރެސް ނިންމާލާފައި ޕީއެންސީގެ މެމްބަރުން ދާން ވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ކަމަރު ބަނދެގެން ކަމަށެވެ. އެކަމަރަށް ދުލެއް ޖައްސައިލަން ވާނީ ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދީފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;