ads
ޕީއެންސީ ކޮންގެރެސް ފެށުމުގެ ތެރެއިން
ސަރުކާރުން ގައުމަށް ގެއްލުންދެންޏާ ސިޔާސީ ޕާޓީތަކުން ތެދުވާން ޖެހޭ: މުއިއްޒު
ގައުމަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކަމެއް ކުރަންޏާ ވަގުތުން އެކަމާއި ދެކޮލަސް ސިޔާސީ ޕާޓީތަކުން ތެދުވާން ޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ހަމަޖެހުން ގެނެވޭނީ ސިޔާސީ ޕާޓީތަކުން، އެ ޕާޓީގެ މަސްލަހަތަށް ވުރެ ގައުމު އިސްކޮށްގެން ކަމަށާއި ގައުމީ ކަންކަމުގައި "އެކައްޗެއް ކިޔަން ޖެހޭ" ކަމަށެވެ. އެގޮތުން ކޮންމެ ސިޔާސީ ޕާޓީއެއްގައި ހުރި ނަމަވެސް ގައުމަށް ހެވާއި ލާބަ ލިބޭ ކަމެއް ކުރަންޏާ އެކަމަށް ތަރުހީބު ދީ އެއްބާރުލުން ދޭންޖެހޭކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި އޭގެ އަނެއްކޮޅަށްވެސް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަންޖެހޭނެކަމަށްވެސް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ. 

" އޭގެ އަނެއް ކޮޅު، ގައުމަށް ގެއްލުން ހުރި ކަމެއް، މިސާލަކަށް ސަރުކާރު ހިންގާ ފަރާތުން ޕާޓީން ކުރަންޏާ ވަގުތުން ތެދުވެ ވާހަކަ ދައްކަންޖެހޭނެ. ތިކަން ތިކުރަނީ ގޯސްކޮށޭ، ގައުމަށް ފައިދާހުރި ގޮތަކަށް ނޫނޭ. ތިމަންނަމެން ވެރިކަމުގައި ތިބިއްޔާ ކުރާނީ މިގޮތަށޭ. އެއީ ޒިންމާދާރު ސިޔާސީ އިދިކޮޅު ހަރަކާތަކީ ވެސް އެއީ އަޅުގަނޑުމެން މަސައްކަތްކުރަންވީ ގޮތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަސްލަހަތުގެ ކުރިއަށް ގައުމު އިސްކުރަން ޖެހުނަސް، އެގޮތަށް އިދިކޮޅު ޕާޓީން އަމަލުކުރާ ތަން ނުފެންނަ ކަމަށެވެ.  އޭގެ ބަދަލުގައި ފެންނަނީ ސިޔާސީ ގޮތުން ގެއްލުންދޭން ކުރާ މަސައްކަތުގައި ގައުމަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ތަން ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;