ads
ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
ހުޅުމާލެ އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުންދިޔަ ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ
މިދިޔަ މަހުގެ އެންމެ ފަހު ދުވަހުގެ ހެނދުނު ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން ދިޔަ ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ އެވެ.
Advertisement

ހުޅުމާލެ ފޭސް ދޭއްގައި މި އެކްސިޑެންޓް ހިނގީ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

މި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާދެމުން ދިޔައީ ސައިކަލްގައި އިން ދެމީހުންކަމަށާއި އެއީ އުމުރުން 62 އަހަރުގެ މީހަކާއި 24 އަހަރުގެ ޒުވާނެއްކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. 62 އަހަރުގެ މުހައްމަދު އަފީފަށް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ރޭގެ ވަގުތެއްގައެވެ. އޭނާ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ. 

މި އެކްސިޑެންޓްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އަފީފަކީ ދިވެހި މުދައްރިސެކެވެ. 

މީ ހުޅުމާލޭގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެކްސިޑެންޓްވެ ފަރުވަ ދެމުން ދަނިކޮށް ނިޔާވި ދެ ވަނަ މީހާ އެވެ  މީގެކުރިން ވަނީ ހުޅުމާލޭ ވިނަރެސް ފްލެޓްތައް ކައިރީ ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 9 އަހަރުގެ ކުއްޖަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފަ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;