ads
ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
ކަޅުބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއްގެ މައްސަލަ ދަނީ ތަހުގީގުކުރަމުން: އިހްސާން
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގައި ބިދޭސީން ހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެ ތެރޭގައި ޑޮލަރު ސްމަގްލް ކުރާ މީހުން ވެސް އެބައުޅޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ، ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރަމުންދާ 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ނުވަ މީހަކު މިހާރު ތިބީ ޑިޓެންޝަނުގައި ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ބިދޭސީން މުސާރަ ލިބުމުން އެ ފައިސާ ދިވެހިންގެ ނަމުގައި ހުންނަ ވިޔަފާރި އެކައުންޓުތަކަށް ޖަމާކޮށް، ކޮންމެ ދުވަހަކު ޑޮލަރަށް ބަދަލުކުރަމުންދާ ކަމަށެވެ. އަދި އެ ޑޮލަރުތައް އެއްކޮށްގެން ރާއްޖެއިން ބޭރަށް ސްމަގުލް ކުރަން އުޅެނިކޮށް ބޯޑަރުން އަތުލައިގަނެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، އެކަމުގެ ތެރޭގައި ބިދޭސީން އުޅޭ ވަރު ވަރަށް ބޮޑުކަން ހޮޮޓްލައިނަށް ލިބޭ މައުލޫމާތުން އެނގެ އެވެ. ފުޅާ ދާއިރާއެއްގައި އެކަމުގެ ތެރޭގައި އުޅޭ 12 މީހަކާ މެދު ތަހުގީގު ހިންގަމުން އަންނަކަން ފާހަގަކުރައްވައި، އިހުސާން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ނުވަ މީހަކު ތިބީ މިވަގުތު ވެސް ހައްޔަރުގަ އެވެ.  

މިނިސްޓަރު އިހުސާން ވިދާޅުވީ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާއިރަށް އެ މީހުން ރާއްޖެ އަށް ގެންނަ ދިވެހިން އަންނަ ކަމަށެވެ. އެކަމަކު އިދާރާތަކުން އެ މީހުން ހައްޔަރުކުރުމުގެ ކުރިން އެ ބިދޭސީން އުޅޭ ނޫޅޭ ގޮތް ދިވެހިން ނުބަލާތީ އެކަމުގެ ކަންބޮޑުވުން އިހުސާން ފާޅުކުރެއްވި އެވެ. 

"ޑިޓެންޝަނަށް މީހަކު ނަގާއިރު ދިވެއްސަކު އެބަ އާދޭ އަޅުގަނޑުމެން ގޭގައި ކައްކާ މީހާއޭ ކިޔާފައި. އެކަމަކު އޭނާ ރެއާއި ދުވާލު މަގުމަތީގައި ޑޮލަރު ކައްކަން މި ހުންނަނީ،" ކަންބޮޑުވުމާ އެކު މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ބިދޭސީން ޑިޓެންޝަނަށް ގެންދިއުމުން އެއީ ގޭގައި ގެންގުޅޭ ކައްކާއެއް ނުވަތަ ޑްރައިވަރެއް ކަމަށް ބުނެ ދިވެހިން އަންނަ އައުން ހުއްޓާލަން ޖެހޭ ކަމަށާއި، ބިދޭސީ މީހާއަށް އިހުމާލުވާ ކޮންމެ ދިވެއްސަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިފަދަ ބޮޑެތި ޖިނާއީ ކުށްތަކުގައި ދިވެހިން ބައިވެރިނުވުމަށް އިލްތިމާސްކުރައްވަމުން، ދިވެހިންގެ ނިވާފަތްގަނޑުގައި މިފަދަ ކަންކަން ހިންގާ ނަމަ އެ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓަރު އިހްސާން ދެއްވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި ފުޅާ ދާއިރާއެއްގައި އެކަމުގެ ތެރޭގައި އުޅޭ މީހުން ހޯދާނެ އެވެ. އަދި ދިވެއްސެއްގެ ނިވާފަތްގަނޑުގައި ތިބެގެން އެކަން ކުރާ ނަމަ ދިވެހި މީހާއާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، އިހުސާން ވަނީ އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިނުވުމަށް ވެސް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;