ads
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސެއް: މިއަހަރުގެ ކޮންފަރެންސްގެ ކަރުދާސްތައް އިވެލުއޭޓް ކުރާނެ ބަޔަކު ހޯދަން ވަނީ އިއުލާން ކޮށްފައި - ފޮޓޯ/އެމްއެމްއޭ
އެމްއެމްއޭ ރިސާޗް ކޮންފަރެންސްގެ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް ބަލައި އެސެސް ކުރާ "ޕިއާ ރިވިއު ޕޫލް"ގައި ބައިވެރިވުމުގެ ފުރުސަތު އެމްއެމްއޭ އިން ހުޅުވާލައިފި އެވެ.
Advertisement

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހަޅާ ދިރާސާ ކަރުދާސްތައް ބަލައި އެސެސް ކުރާ "ޕިއާ ރިވިއު ޕޫލް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕޫލްގައި ހިމެނެނީ ތައުލީމީ ދާއިރާގެ ބޭފުޅުންނާއި އެކި ފަންނުތަކުގެ މާހިރުންނެވެ.

އެ ޕޫލަށް ހޮވޭ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮންފަރެންސަށް ހުށަހަޅާ ދިރާސީ ކަރުދާސްތަކުގެ ފަންނީ ފެންވަރު ވަޒަންކުރުމާއި މައުލޫމާތުގެ ސައްހަކަމާއި ދިރާސާ މައުޟޫގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށް މިނިވަން އަދި އިލްމީ ހިޔާލު ފޯރުކޮށްދިނުމެވެ.

އެމްއެމްއޭ އިން ބުނީ އެ ޕޫލްގައި ބައިވެރިވެވޭނީ އެކި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. އެގޮތުން މެކްރޯ އިކޮނޮމިކްސް އާއި މަނިޓަރީ އިކޮނޮމިކްސް އާއި އިސްލާމިކް ފައިނޭންސާއި ޕަބްލިކް ފައިނޭންސް ޓޫރިޒަމާއި ބައިނަލްއަގްވާމީ ވިޔަފާރި ޑިޖިޓަލް ފައިނޭންސް އަދިވެސް ކޮންފަރެންސާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.

އެމްއެމްއޭގެ ޕިއާ ރިވިއުއާ ޕޫލްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ނިންމާ ފަރާތްތަކަށް ސެޓްފިކެޓާއި، އުޖޫރަ އަދި އެ ނޫންވެސް އިތުރު ފުރުސަތުތައް ލިބިގެންދާނެ އެވެ. ޕިއާ ރިވިއުއާއަކަށް ވުމަށް އެޕްލިކޭޝަން ހުށަހަޅާނީ ރިސާޗް ކޮންފަރެންސް ވެބްސައިޓްގައިވާ ޕިއާ ރިވިއުއާ ފޯމު ފުރައިގެންނެވެ. 

އެމްއެމްއޭ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ކަރުދާސްތައް ދިރާސާކުރާނީ "ޑަބަލް ބްލައިންޑް ޕިއާ ރިވުއު" އުސޫލުންނެވެ. މާނައަކީ ރިވިއު ކުރާ ފަރާތްތަކަށް އެކަކު އަނެކަކު ނޭނގޭނޭހެންނެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 27 ސެޕްޓެންބަރު 2026 އެވެ. ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026 ކުރިއަށް ދާނީ 5-7 ޑިސެންބަރަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް