ފުލުހުން ވަނީ މި މީހާ ބަސް ސްޓޮޕްގައި ހަރުކޮށްފައި ހުރި ޓީވީ ނައްޓާލައިގެން ދާ ތަން ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުން މި މިހާ އެތަނަށް ވަދެ ޓީވީ ނައްޓާލައިގެން ދަނީ އެތަނުގައި ބަހަށް މަޑުކޮށްގެން ތިބި އތައް ބަޔަކު ތިއްބަ އެވެ.
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ ހޭންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށެވެ. އެހެންކަމުން މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅާ ހިއްސާކުރުމަސް ފުލުހުން އެދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;