ads
ބަންޑާރަނައިބް އަހްމަދު އުޝާމް
ޑޮލަރުގެ މައްސަލައަށް މަހެއްގެ ތެރޭގައި ހައްލު ފެންނާނެ: އޭޖީ
ބޭރު ފައިސާގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ އޭނަ އެގޮތަށް ވިދާޅުވި އިރު، ބޭރު ފައިސާގެ ޤާނޫނަށް ގެނައި އިސްލާޙަށް މި މަހުގެ 1 ގައި ޗަނީ ޢަމަލު ކުރަން ފަށައިފަ އެވެ.

އެ އިސްލާހުގެ ދަށުން ބޭރުފައިސާއާ ބެހޭ އާންމު ޤާވާއިދަށް ގެނެވުނު އިސްލާހުގައި، ބޭރުފައިސާގެ ޤާނޫނުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ވެސް ޖެހެ ފައެވެ.

"މިގެނެވުނު އިސްލާޙާއެކު އަޅުގަނޑު ޤަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެ ކަމަށް. އެހެންވެ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން މާރުކުރަން ޖެހޭނެ." އޭޖީ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރު ފައިސާގެ އަގު ރަސްމީ ރޭޓާއި ހިލާފަށް ބޮޑުކޮށް ކަޅު ބާޒާރުގައި ވިއްކަމުންދާއިރު، އެކަން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. 

އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައި ވެއެވެ.

މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 31ގައެވެ.

ބަންޑާރަ ނައިބު ވަނީ، ރާއްޖޭގައި ބޭރު ފައިސާގެ އެންމެހައި މުއާމަލާތުތައް ކުރުމުގައި ބޭރު ފައިސާއާ ބެހޭ ގާނޫނާއި، އެމްއެމްއޭގެ ގާނޫނު އަދި ބޭންކިން ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;