ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށެވެ.
އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށީ 19 ސެޕްޓެމްބަރު 2024 ގަ އިހަވަންދިއްޕޮޅުގައި އެވެ. ތެލުގެ ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ފެންވަރުގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ ގުޅިގެން އެސްޓީއޯ އިން ބަންކަރިން ހިދުމަތް ފެށީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.
ބަންކަރިންގެ ހިދުމަތާއެކު ސަރުކާރުން އިހަވަންދިއްޕޮޅުގައި މި ކަމަށް ހާއްސަ ބޮޑު ބަނދަރެއް ތަރައްގީކޮށް، ގިނަ ހިދުމަތްތަކެއް ތައާރަަފުކުރާނެ ކަމަށެވެ. އޭގެތެރޭގައި ޝިޕް ޓު ޝިޕް ސާވިސް އާއި ކްރޫ ޗޭންޖު ހިދުމަތުގެ އިތުރުން ވޯޓާ ބަންކަރިން އާއި މެއިންޓެނެންސް ހިދުމަތް އަދި ބޯޓުފަހަރަށް ޕްރޮވިޝަންސް ސަޕްލައި ކޮށްދިނުން ހިމެނި އެވެ.
މިހެން ނަމަވެސް މިއަދާ ހަމައަށް އައިއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތެއް ނުފަށަ އެވެ.
ބަންކަރިން ހިދުމަތް ފަށަން އުޅުނު ދުވަސްވަރު މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި، އެ ހިދުމަތުން ރާއްޖެ އަށް އަހަރަކު 400 މިލިޔަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;