އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކޮންގެރެސް އަންނަމަހު 1 އިން 3 އަކަށް ބާއްވަން ވަނީ ނިންމާފަ އެވެ. އެޕާޓިން މިއަދު ވަނީ ކޮންގްރެސް އަށް ހުށަހަޅަން ބޭނުންވާ އިސްލާހްތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބިފައިވާ އިސްލާހްތައް އާއްމު ކޮށްފަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކޮންމެ ބޭފުޅަކު ވީ ނަމަވެސް، 'ބޮޑު ބަދަލު' އެޖެންޑާ ކުރިއަށް ގެންދަން ޖެހޭނެ ގޮތް ހެދުމަށްޓަކައި، ކޮންގްރެސް މެދުވެރިކޮށް އެ ކަން ފާސްކުރަން އެ ކަރުދާސް ފައްޔާޒު ވަނީ ހުށައަޅުއްވާފަ އެވެ. އެ ކަރިދާހަށް ތާއިދުކުރެއްވީ ކުރީގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު އެވެ.
މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ކުރިއަށް އޮތް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެ ތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ދިރާސާކޮށް ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ.
ފާއިތުވި 18 އަހަރުގެ ތަޖުރިބާއިން ހެޔޮ ވެރިކަން ހިންގުމުގެ އޮނިގަނޑެއް ބޭނުން ނަމަ ރައްޔިތުންގެ ބާރާއި ބެހޭ ބަޔަށާއި ލާމަރުކަޒީ ބާބާއި، ފަނޑިޔާރުގޭގެ ބާބާއި، ވެރިކަމުގެ ނިޒާމާއި، މި ހުރިހާ އިސްލާހެއްގެ "ބަހުސް" ހިންގި ދާނެ އެވެ. ނަމަވެސް މިފަދަ ކަމަކަށް ވަކާލާތު ކުރަން ވާނީ އެކުއެކީގައި އެވެ. އަދި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ގާނޫނީ ފަންނުވެރިންނާއި އަދި ހާއްސަކޮށް ރައްޔިތުން ބަސްބުނެ ހިޔާލު ބަދަލު ކުރަން ފުރުސަތު ދޭން ވާނެ އެވެ.
އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.
މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބާރު ގައި "ކިކް" ކުރެވެން ޖެހެ އެވެ. ބޮޑުވަޒީރު ހުންނެވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާ ހުންނެވިޔަސް އިހްލާސްތެރިކަާއި ތެދުވެރި ނިޔަތުގައި ރައްޔިތުންގެ ބާރު "ޕްރެކްޓިސް" ކުރަން ފުރުސަތު ނުލިބޭ ނަމަ ދެން ވެސް ފެންނަނީ މާޒީން ފެންނަމުންދިޔަ ފަދަ "ބައިގަނޑެއް"ގެ ހިންގުމެކެވެ.
އޭރުން އަނެއްކާ ވެސް ނިކުންނަށް ޖެހޭނީ އިއްޔެ ވެސް އަދި މިއަދު ވެސް ކުރަމުންދާ ހެޔޮ ހިންގުމެއް ހޯދުމުގެ މަސައްކަތެވެ. އެހެންކަމުން ދެން ނިކުންނަންވީ ގިނަ ބައެއްގެ އަތުގައި ބާރުގެ ތިލަފަތް ގިނަ ވަގުތު އޮންނާނެ ގޮތެއް ހޯދުމަށެވެ. ބޮޑެތި ކަންކަން ނިންމުގައި ރައްޔިތުންގެ ރުހުން ހޯދަން ލާޒިމް ކުރުމަށެވެ. ރައީސާއި މަޖިލީހުގެ މެމްބަރުން ވެސް ވަކި ކުރުމުގެ ސީދާ ބާރު ރައްޔިތުންގެ އަތުގައި އަބަދު ވެސް އޮންނާނެ އޮނިގަނޑެއް ހޯދުމަށް ދޯ އެވެ.
ނަޝީދާއި ފައްޔާޒު ހުށައެޅުއްވި ބޮޑު ބަދަލުގައި ވެރިކަމުގެ އޮނިގަނޑަށް ފަސް ބަދަލެއް ގެންނަން ވަނީ ހުށައަޅާފަ އެވެ. އޭގެތެރޭގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައަޅާ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ހެދުން ހިމެނެ އެވެ. އެގޮތުން ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުމާއި ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން ވަނީ ހިމަނާފަ އެވެ.
މީގެއިތުރުން ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުންވެސް ވަނީ ބޮޑު ބަދަލުގައި ހިމެނާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;