ads
ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ އަބްދުﷲ ނާޒިމް އިބްރާހިމް. -- ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު އިސްތިއުފާ ދެއްވައިިފި އެވެ.
Advertisement

ވަޒީރު ފެންވަރުގައި އެ މަގާމަށް މިދިޔަ ޖޫން މަހުގެ ކުރީކޮޅު އައްޔަންކުރެއްވި ނާޒިމް މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ނަމަވެސް ނާޒިމް އިސްތިއުފާ ދެއްވުމާއި ރައީސް އޮފީހުގެ އިދާރީ އޮނިގަނޑަށް މިފަހުން ގެންނަން ނިންމި ބަދަލުތަކާއި ގުޅުމެއް އޮތް ކަން ވަނީ އިނގިފަ އެވެ.

ރައީސް އޮފީހުން ވަނީ ނާޒިމު މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް ސަބަބެއް ވިދާޅެއް ނުވެ އެވެ. 

މި ސަރުކާރުގައި ނާޒިމް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީއަށެވެ. ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު ހެލްތު މިނިސްޓަރަކަށް އޭނާ އައްޔަންކުރެއްވީ 30 ސެޕްޓެމްބަރު 2024 ގަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;