އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދަޅުވީ ހުކުރު ނަމަދާއި އީދު ނަމާދުކުރާ އިމާމުންގެ ހެދުން ފަރުމާކުރަން ހުޅުވާލަން މިނިސްޓްރީން ނިންމާފައިވާކަމަށެވެ.
އެގޮތުން އެ އިމާމުންގެ ހެދުމާއި ތާކިހާވެސް ފަރުމާކުރަން ޖެހޭނެކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެއިތުރުން އާއްމު އެހެން ނަމާދުތަކުގައި އުޅޭ އިމާމުކަމުގެ ވަޒީފާގައި ތިބި އިމާމުގެ ހެދުންވެސް ފަރުމާކުރަން ހުޅުވާލަން ނިންމާފައިވާކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓާރީން އެންމެ ފަހުން ނެރުނު އުސޫލުގައިވާ ގޮތުން ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުން ނަމާދުގައި ތިބެންޖެހޭނީ ޖުއްބާ ލައިގެންނެވެ. އަދި ނަމާދުކުރާއިރު ތާކިހާ އަޅަން ޖެހޭނެކަމަށްވެސް އެ އުސޫލުގައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;